ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައިގައި އެއްވެސް ލުޔެއް ނުދޭނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާއި ގޭންގުކުށްތަކުގައި ޝާމިލުވާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދެއްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން، އިމްރާން ވިދާޅުވީ، ގޭންގު އަދި ޑްރަގް ޓްރެފިކިންގް ގެ މައްސަލަތަކަކީ އޭނާ އަޅާނުލާ ދޫކޮށްލައްވާނެ މައްސަލަތަކެއް ނޫންކަމަށެވެ. އަދި އެ ފަދަ ކަމެއްގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އޭނާ ހުންނަވާނީ ސާބިތުކޮށްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގޭންގު އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންގެ މުއައްސަސާއާއިއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ދާދި ފަހުން ޖެހިގެންދިޔަ ބޮޑެތި މައްސަލަތައްވެސް އިތުރަށް ބަލާ ދިރާސާ ކުރައްވަމުންދާކަމަށާއި 2021 ވަނަ އަހަރުގެ ތެރޭގައި މަސްތުވާތަކެތި ނައްތާލިއިރު، ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކާއި ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންގެ އިތުރުން ގައުމުގެ އިސްވެރިންވެސް ބައިވެރިވާކަން ދަންނަވާފައިވާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގެންދާ އިރު، އެއްވެސް ބޭފުޅަކާއި އަރާ ހަމަކުރެއްވުމަށް އެނާ ފަސްޖެހިވަޑައިނުގަންނަވާނެކަން ފާހަގަކުރައްވާކަމަށެވެ. އެހެންކަމުން ހުރިހާ މެމްބަރުންވެސް ސަމާލުވެވަޑައިގަތުމަށް އިލްތިމާޒްކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުރިހާ ބޭފުޅުން ފެޔަށް ޖެހިވަޑައިގަތުމަށް ސާބިތުކަމާއިއެކު ދަންނަވާކަމަށެވެ. އަދި އޭނާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށްވުމުން މެމްބަރުން ފަހަތަށް ޖެހިވަޑައިގަނަންވަން ޖެހޭނެކަމަށާއި ހިންގާ ބޮޑެތި ކުށްތަކުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުމަކީ ލިބިގެންދާނެ ބޮޑު ގެއްލުމެއްކަމަށްވުމުން އެންމެހާ ބޭފުޅުންވެސް ސަލާމަތްވާންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: