ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ވުރެ ކުށްވެރިންގެ އަތުގައި ވަސީލަތްތައް ގިނަ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ވުރެ ކުށްވެރިންގެ އަތުގައި ވަސީލަތްތައް ގިނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ ކުށްވެރިންގެ އަތުގައި ހުރި ވަސީލަތްތަކާއި ކުށްކުރާ މީހުންގެ އަތުގައި ހުރި ވަސީލަތްތައް ދައުލަތާއި އަޅާބަލާއިރު ގިނަ ކަމަށެވެ. އެހެން ކަމުން ދައުލަތުން ވަސީލަތްތައް އިތުރުކުރަން ޖެހޭ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމާއި އެކަން ސާފުކޮށް ފެންނަ ހަގީގަތްތައް އެބަހުރި ކަމަށެވެ. ވީމާ ދައުލަތުން އެކަމަށް އިސްކަންދީގެން ވަކިން ހާއްސަކޮށް މެރިން ޕޮލިސްގެ ހިދުމަތަށް ހޭދަކޮށް އިތުރު ވަސީލަތްތައް ގާއިމް ކޮށްދޭން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ޖެހިފައިވާ މިންވަރު އެނގޭ ކަމަށެވެ. އަދި ހާއްސަ ކޮށް މެރިން ޕޮލިސްގެ ހިދުމަތް އަތޮޅު ތެރޭގައި ފުޅާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މެރިން ޕޮލިސްގެ ހިދުމަތް ފުޅާ ކުރުމަށް ވަރަށް ބޮޑު ޕްލޭންއެއް ހަދައިގެން ޔޫއެން އޯޑީސީ އާއި އެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަހަރު ފުލުހުންގެ އަހަރީ ދުވަހު ދެކުނުގައި މެރިން ޕޮލިސްގެ ހެޑްކުއާޓަރެއް ގާއިމް ކުރެވިގެންދާނެ ކަމަށާއި ދެކުނުގައި ގާއިމް ކުރުމަށް ފަހު އުތުރުގައި ގާއިމް ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މެރިން ޕޮލިސްގެ ހިދުމަތް އަތޮޅުތެރޭގައި ގާއިމް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލިއްޔަތު ކަމަށް އިމްރާން ވިދާޅުވިއެވެ.

މާލީ ގޮތުން ޔޫއެންއޯޑީސީގެ އެހީތެރިކަން މެރިން ޕޮލިސްގެ ހިދުމަތް އަތޮޅުތެރެއަށް ފުޅާ ކުރުމަށް ލިބޭނެ ކަމަށް އެފަރާތުން ބުނި ކަމަށާއި އެހެން ކަމުން ޔޫއެންއޯޑީސީގެ އެހީއާ އެކުގައި ދެކުނުގައި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރެވިގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: