ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކުރުމުގައި ބައިވެރިވެފައިވާ އެތައް ފުލުހުންނެއް ވަކިކުރީ އަޅުގަނޑު: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ އެތައް ފުލުހުންނެއް ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އިމްރާން ވިދާޅުވީ ގާނޫނުތަކާއި ގަވާއިދު ތަކާއި ހިލާފް އަމަލު ހިންގާ ފުލުހުން އޭނާ ސޮއިކޮށް ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށެވެ.

މިދަންނަވާ ބައިގެ ތެރޭގައި ފުލުހުންގެ ތެރެއިން ބައެއް ފަރުދުން ހިމެނޭ. އަޅުގަނޑުމެންނަށް އެކަން އިނގޭ. އެކަމަށްޓަކައި އަޅުގަނޑުގެ އަތުން ސޮއިކޮށް އެތައް ފުލުހުންނެއް ވާނީ ކަނޑާލާފަ. އަދަދު އަޅުގަނޑު ހާމަކުރަންޖެހޭ ހިސާބަށް ދިޔައިމަ ގެނެސްވެސް ފާނަން. އެތައް ފުލުހުންނެއް އަޅުގަނޑު ވާނީ ސީދާ ފިޔަވަޅު އަޅައި ކަނޑާލާފަ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތައް އިންވޯލްވާ މިންވަރާއި ދޭތެރޭ ޝައްކު އުފެދުނީމާ އެމީހުން ވާނީ ޑީމޯޓް ކޮށްފައި. އަދި ބައެއް ފަރާތްތައް ވާނީ އެފަދަ ކަމެއް ނުހިންގޭ ފަދަ ޔުނިޓްތަކަށް ބަދަލުކޮމށްފައި. އެހެންވީމާ އެކަމާއި ދޭތެރޭ ފިޔަވަޅު ނާޅައެއް ނުހުންނަން. އެންމެ ސީރިއަސް ކޮށް އަޅުގަނޑުމެން ބަލާ އެއްކަންތައް އެއީ. ފުލުހުންގެ ތެރޭގައި އެފަދަ ކަމަކަށް އަރައިގަންނަ އެއްވެސް މީހަކު ހުރިތޯ ބެލުން. އެކަމެއް އެނގިއްޖެނަމަ އަޅުގަނޑު ފިޔަވަޅު އަޅާނަން. އެކަން ކުރާނަން. އަޅުގަނޑު ވަރަށް ގިނަ ފަހަރަށް ކައުންސިލްތަކާއި ބައްދަލުވާއިރު ވެސް ދަންނަ ވަން ތިބޭފުޅުންނަށް ވަކި ފުލުހަކު މީގެ ކަމެއްގައި ޝާމިލްވާކަން އެނގޭ ނަމަ އެހެންފަރާތަކަށް ނާންގާ ސީދާ އަޅުގަނޑަށް އަންގާށޭ. އަޅުގަނޑު އަމިއްލަ އަށް ބަލާފަ އެކަމަށް ފިޔަވަޅު އަޅާނަމޭ. އެހެންވީމަ ތީގެން ބޭފުޅަކަށް ވެސް އެކަން އެނގިވަޑައިގަންނަވަންޏާ އަޅުގަނޑަށް އަންގައިދެއްވާ އޭގެ ކަމެއް އެއްވެސް ފުލުހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ ފުލުހަކީ އެޒިންމާ އަދާކުރަން ހުރުން އެކަށީގެން ނުވާ މީހެއް. އޭނަގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅު އިރާދަކުރެއްްވިއްޔާ އަޅުގަނޑުމެން އަޅާނަން.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ އެކި އެކި ކުށްތަކަށް ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި އާއްމު ފަރާތްތަކުން އަރައިގަންނަމުންދާ ވާހަކަ ދެކެވޭކަމަށެވެ. އަދި ފުލުހުން އެކި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ކުށްތަކަށް އަރައިގަންނަ ކަމަށްވާނަމަ އެކަން މިނިސްޓަރެއްގެ ހައިސިއްޔަތުން ދެނެގަނެވިފައިވާ މިންވަރާއި އެކަމާއި މެދު ފިޔަވަޅު އެޅިފައިވާ މިންވަރު އަންގައި ދިނުމަށް އާމިރު އެދިފައިވެއެވެ.

އިމްރާން ވިދާޅުވީ ގައުމު ހިންގަން ތިބި މީހުންގެ ސަލާމަތަށްޓަކައި ގައުމުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތަކުން ކުށްތަކަށް އަރައިގަތުމުން ސަލާމަތްވެ ރައްކާތެރިވެ ތިބެންޖެހޭ ކަމަށެވެ. އަދި އެފަދަ މަގާމްތަކުގައި ތިއްބެވި މަދު ބަޔަކު ކުށުގައި ޝާމިލް ވާ ކަމަށާއި އެވާހަކަ ދައްކަނީ އެކަމަށް ސަމާލުވެ ތިބުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: