ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހަތަށް ދާ ގޮތަށް ކަންކަން ކުރީމައި ގަބޫލެއް ނުކުރެވޭ, ތާކުން ތާކު ނުޖެހޭ އިސްލާހު ހުށަނާޅުއްވާ: އިންތި

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަތަށް ދާ ގޮތަށް ކަންކަން ކުރީމައި ގަބޫލެއް ނުކުރެވޭނެކަމަށާއި، ތާކުން ތާކު ނުޖެހޭ ބިލްތައް މަޖިލީހަށް ހުށަނޭޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެދިވަޑައިގެންފިއެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މީގެ ކުރީގައި މިފަދަ އެތައް އިންތިހާބެއް ރާއްޖޭގައި ބާއްވައިފިކަން ފާހަގަކޮށް އިންތި ސުވާލުއުފެއްދެވީ އިންތިހާބުގައި ވާދަކުރައްވަން ނަން ހުށައަޅުއްވާ ކެނޑިޑޭޓުންގެ ކެނޑިޑެންސީއާއި ގުޅޭ ގޮތުން ވަކި ގޮތެއް 48 ގަނޑިއިރުގެ ތެރޭގައި އެންގުމުގެ ކުޅަދާނަކަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބިގެންނުވޭތޯއެވެ. އަދި މިކަން ހިނގަމުން އައީ މިގޮތަށް ނޫންތޯ އޭނާ ސުވާލުއުފެއްދެވިއެވެ.

މީގެ ކުރީގައި ކަން ކުރަމުން އައީ މިހެންކަމަށާއި، ކޮމިޝަންތަކުގައި ހުންނަންޖެހޭ ފެންވަރު މިހާތަނަށް ހުރިކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. މީގެ ކުރިން 48 ގަނޑިއިރުގެ މުއްދަތެއްގެ ތެރޭގައި ކުރަމުން އައި ކަންކަމަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށް އެދި ގާނޫނަށް އިސްލާހު ގެނައުމުން ކުރިނޭރޭކަމަށް ފާހަގަކޮށް އިމްތިޔާޒް ވިދާޅުވީ އެދެވެނީ ފަހަތަށް ކަމަށެވެ. އަދި ވިދާޅުވީ އެފިޝިއެންސީ ގާއިމްކުރެވެން ޖެހޭނެކަމަށެވެ.

އެހެންވީމަ ފަހަތަށް ދާގޮތަށް އެކަންކަން ދިއުމަކީ އަޅުގަނޑަށް އެހާ ގަބޫލުކުރެވޭނެކަމެއް ނޫން. މާ ބޮޑު ބަދަލެއްނޫން މި ބަދަލަކީއެއް.

އިމްތިޔާޒް ވިދާޅުވީ ގާނޫނަށް ބަދަލެއް ގެނައުމަށްޓަކައި ހުށައަޅަންވާނީ ވަރަށް ބޮޑެތި ދިރާސާތައްކުރުމަށްފަހު ބޮޑެތި ބަދަލުތައް ގެނައުމަށްޓަކައިކަމަށެވެ. ކުދިކުދި ފޮޅުވަތްތަކަށް ބަދަލުގެނައުމަށް މަޖިލީހަށް ބިލު ހުށައެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށްވެސް އިރު އިރުކޮޅާ އިސްލާހު ހުށައަޅާކަމަށާއި، އާންމު ގޮތެއްގައި ކޮންމެ ފަހަރަކު އިސްލާހު ހުށައަާޅަނީ ތަހުގީގަށް ވަގުތު އިތުރުކުރުމަށްޓަކައިކަމަށް ވިދާޅުވިއެވެ. އަދި ހުށައަޅާ ގޮތަށް މުއްދަތު އިތުރުވީ ނަމަވެސް ތަހުގީގުގެ ފެންވަރަށް އެއްވެސް ބަދަލެއް ނާންނަކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި 48 ގަނޑިއިރުގެ ތެރޭގައި މައްސަލަ ބަލައި ދައުވާވެސް އުފުލާކަމަށެވެ. ނަމަވެސް ރާއްޖޭގައި ގާނޫނުންވެސް 3 4 މަސް ދުވަހު ދައުވާ އުފުލުމަށް ދެވިގެންދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: