ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީކަމެއް ދިމާވާ ކޮންމެ ފަހަރަކު ނައިބު ރައީސް ހުވާކުރަންޏާ ދުސްތޫރި މައްސަލައެއް އަތުވެދާނެ: އާދަމް ޝަރީފް

ޕީޕީއެމްގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ނައިބު ރައީސް، ރައީސުލްޖުމުހޫރިއްޔާގެ ހުވާކުރުމުން ދުސްތޫރީ ހުސްކަމެއް އަތުވެދާނެ ހާލަތެއް މެދުވެރިވެދާނެކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާ ކަމަށާއި އެނެއްކާވެސް އެފަދަ އަމަލެއް ސަރުކާރުގެ ފަރާތުން ތަކުރާރުވެދާނެކަމަށްވެސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންއިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ޕްރެސިޑެންޓެއް ގާއިމު ކުރެވިއްޖެ ހާލަތެއްގައި ރާއްޖޭގައި ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށެވެ. އޭނާ ވިދާޅުވީ، އިދިކޮޅުން އުޅެނީ ނައިބު ރައީސް ފައިސަލްއަށް ވެރިކަން ހޯދައިދިނުމަށް ނޫންކަމަށެވެ.

އެހެންނަމަވެސް ގާނޫނީ ގޮތުން ނައިބު ރައީސް ކުރައްވަން ނުޖެހޭނެ ހުވައެއް ފައިސަލް ކުރައްވާފައިވާތީ އަދި މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އުއްތަމަ ފަނޑިޔާރާއި ދެބޭފުޅުންވެގެން މެދުވެރިވެގެން އެ ހުވާކޮށްފައި އޮތުމަކީ ދުސްތޫރީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އިދިކޮޅުން ދެކޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޯޓުތަކާއި ބެހޭ ގާނޫނުގައި އެ މައްސަލައެއްގައި ދެ ބާރުގެ ތެރެއިން އެއްވެސް ބާރަކަށް ގާނޫނުއަސާސީ މާނަކުރުމުގައިވެސް ހިލާފުވެއްޖެ ހާލަތެއްގައިވެސް ދުސްތޫރީ މައްސަލައަކަށް ވެގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: