ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބާއި ދިމާކޮށް ވަޒީފާދޭ ތަނަކަށް ފުލުުހުންގެ މުއައްސަސާ ހަދަން ނޫޅޭ: އީވާ

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ދިމާކޮށް ވާޒީފާދޭ ތަނަކަށް ފުލުހުންގެ މުއައްސަސާ ހަދަން ނޫޅުމަަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާ އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވައި އީވާ ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅުވައި ވަޒީފާދޭ ތަނަކަށް ފުލުސް އޮފީސް ހަދަން އުޅެން ހެޔޮނުވާނެ ކަމަށެވެ. ފުލުހަށް ވަންނަ މީހުންގެ ބެކްގްރައުންޑް ޗެކް ނުކުރާ އިސްލާހު ހުށަހެޅީ އެ މުއައްސަސާ އަށް ކޮން ކުރިއެރުމެއް ލިބިގެންތޯ އީވާ ވިދާޅުވިއެވެ.

ތިން އަހަރު އަދި ނުވާނެ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އަޅުގަނޑުމެން މެނިފެސްޓޯއެއްގައި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރާނަމޭ ކިޔާފައި އަޅުގަނޑުމެން ގާނޫނެއް އެކުލަވާލައިގެން ސަރުކާރުގެ ފަރާތުން މިތަނަށް ގާނޫނެއް ހުށަހަޅައިގެން އަޅުގަނޑުމެން އެ ގާނޫނު އިސްލާހުކުރިތާ. އަދި ތިންވަރަކަށް އަހަރުވެސް ނުވާނެ. އަޅުގަނޑުމެން ހަމަ އެގާނޫނުގައި ލިޔުނީ ބެކްގްރައުންޑް ޗެކް ކުރަންޖެހޭނެއޭ. އެކަމަކު މިހާރު އަޅުގަނޑުމެން މި ބުނަނީ ފުލުސް އޮފީހަށް ވައްދާ މީހުންގެ ބެކްގްރައުންޑް ޗެކްކުރާކަށް ނުޖެހޭނެއޭ. ބޮޑެތި ކުށްކުރީމައާއި މުޖްތަމައު ތެރޭގައި އަމާން ބެލެހެއްޓުމުގައި ފުރަތަމަ ފަސްޓް ޕޮއިންޓް އޮފް ކޮންޓެކްޓް އަކީ ވަރަށް ގިނަ ފަހަރަށް ފުލުހުން.

އީވާ ވިދާޅުވީ އަންހެނުންނަށް މުޖުތަމައު ތެރޭގައި ލިބޭ އަނިޔާތަކާއި ކުރިމަތިވާ ކަންކަމުގައި ބައެއް ފަހަރު ވަރަށް ގިނަ ފަހަރު ފަސްޓް ޕޮއިންޓް އޮފް ކޮންޓެކްޓަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ.

އަޅުގަނޑުމެން މި ބުނަނީ އެތަނަށް ލާ މުވައްޒަފުންގެ އެއްވެސް ކަހަލަ ބެކްގްރައުންޑް ޗެކެއް ކުރާކަށް ނުޖެހޭނެއޭ. އެއީ ބުއްދީގެ ހަމައިން ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަދި އަޅުގަނޑަކަށް ހިޔެއް ނުވޭ ތަހުޒީބީ އެއްވެސް މުޖުތަމައެއްގައި އެކަން ކުރާނެއޭ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ގެ ލީޑަރު ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހަޅާފައި އަޅުގަނޑުމެން ކައިރީގައި ސަރުކާރުން ހުށަހެޅި އެއްޗަކަށް ވީތީވެ އަޅުގަނޑުމެން ވޯޓް ދޭންޖެހޭނެއޭ ބުނީމަ، ދެން އަޅުގަނޑުމެން އެއަށް ވޯޓް ނުދިނީމާ ބުނަންވީ އަޅުގަނޑުމެން ވިޕްލައިން އަކާ ހިލާފް ވީއޭ ތޯ؟ ނޫން އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މިތަނަށް ވަންނަމުން އަޅުގަނޑުމެން އިންތިހާބާއި ކުރިމަތިލީއިރު އަޅުގަނޑުމެން ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯ ގައިވެސް އޮންނާނެ އަޅުގަނޑުމެން ފުލުސް އޮފީހުގެ މުައައްސަސާ ވަކިގޮތަކަށް އިސްލާހު ކުރާ ވާހަކަ. އެވާހަކަ ތަކާ އެއްގޮތަށް އަޅުގަނޑުމެން އިހަކަށް ދުވަހަކު ގާނޫނެއް ލާފައި، އެކަމު ވެރިކަން ކުރަން މިވަގުތު ދަތިވީމާ އެހެންގޮތަކަށް އަނެއްކާ ތިން އަހަރު ފަހުން ގާނޫނު އިސްލާހު ކުރިއެއް ކަމަކު ދެން އަޅުގަނޑުމެން އެއަށް ވޯޓް ނުދިނީމަ އިއްޒަތްތެރި ރައީސް އެއީ އަޅުގަނޑުމެން ވިޕްލައިނާ ހިލާފްވީކީ ނޫން. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެމްޑީޕީ އަސާސްތަކުގައި ހިފަހައްޓައިގެން މިތިބެނީ.

ހޮޔޮނުވާނެ ދިވެހިރާއްޖޭގެ ފުލުސް އޮފީސް ވެސް އަނބުރާ ބަދަލުކުރަން އުޅެން.

އީވާ ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި، ހުރިހާ ރަށެއްގައި ހުރިހާ ގޭބިސީއަކަށް އަމަން ބަލަހައްޓަން ތިބި މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ.

ދާހިލީ ވަޒީރު މަޖިލީހަށް ވަޑައިގެން ފުލުހުންގެ މުއައްސަސާގެ ތެރޭގައި ބޮޑެތި މައްސަލަތައް ހުރިކަމަށް ވިދާޅުވެފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

ހަބަރު ކިޔާލުމުން ކަނޑައެޅިގެން ފުލުސް އޮފީސް ތެރެއިން ފުލުހުންވެގެން ހިންގާ ބޮޑެތި ޖަރީމާ އެބަހުރިކަން އެނގިގެންދާ ކަމަށް އީވާ ވިދާޅުވިއެވެ.

އަޅުގަނޑު އެއްވެސް ހާލަތެއްގައި ނުދަންނަވަން އެއީ ހުރިހާ ފުލުންނެކޭ. އަޅުގަނޑު އެއްވެސް ހާލަތެއްގައި ނުދަންނަވަން އެއީ ވެރިން ކަނޑައެޅިގެން ކުރާ ކަންތައްތަކެކޭ ވެސް. އެހެންނަމަވެސް ދިވެހި ރާއްޖޭގެ ފުލުސް އޮފީހުގައިވެސް އެހެން ހުރިހާ ގައުމުތަކެކޭ އެއްފަދައިން ހަމަ ބޮޑެތި ޖަރީމާ އިންތިޒާމްވެގެން ހިންގާކަން އަޅުގަނޑުމެންނަށް ޝަރީއަތްތަކުގައި ހިނގާ ކަންކަން ފެނުނީމަ ވެސް އަޅގަނޑުމެންނަށް އެނގޭ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ އެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ނިކަން ކޯޓަކަށް ވައްދަބަލަ ހުކުމެއް އާދޭތޯ. ނާންނާނެ. ކޮންމެވެސް ގޮތަކުން ހެކިތައް ގެއްލޭނެ. އެހެން ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ ކުދިން އަޅުގަނޑުމެންނަށް ފުލުފުލުގައި އެކުދިން އެބަ ޖަލަށް ލެވޭ. އެކުދިންގެ ކުށް ސާބިތު ކުރެވޭ. އެހެން ނަމަވެސް ބޮޑުކޮށް ޖަރީމާ އިންތިޒާމް ވެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ދުވަހަކު އަޅުގަނޑުމެންނަކަށް ހިފޭ ކަމަކަށް ނުވޭ.

އީވާ ވިދާޅުވީ އެތައް ޖިނާއީ ބޮޑެތި މައްސަލަ ތަކާއި ޖަރީމާތައް ހެކި ނުލިބިގެން މީހުން ދޫވެގެން ދާ ކަމަށެވެ.

އެއީ ރޭޕްކަމުގައި ވިޔަސް، އަދި ޖިންސީ ގޯނާ ކަމުގައި ވިޔަސް، އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ކަމުގައި ވިޔަސް، އަދި ބޭންކް އޮފް މޯލްޑިވްސްގެ އެ ބޮޑު ޖަރީމާ، ބޭންކް އޮފް މޯލްޑިވްސް އިން މީހުންގެ ފައިސާ އެ ގެއްލޭ ބޮޑު ޖަރީމާ ކަމުގައިވިޔަސް، ހަމަހިލާ ހެކި ނުލިބިގެން މީހުން އެބަ ދޫވެގެންދޭ. އެހެންވީމަ މީގެ ތެރޭގައިވެސް ފުލުހުންގެ ދައުރެއް އޮތްތޯ ބެލުމަކީވެސް އަދި ކުރަންޖެހޭނެ ކަމެއް. ކޮންމެހެން އެއީ ފުލުހުންގެ ދައުރެއް އޮވެގެނެއް ނޫން. ނަމަވެސް އެކަންކަމުގައި ފުލުހުންގެ ދައުރެއް އޮތްތާ ބެލުމަކީ ވެސް ކުރަންޖެހޭ ކަމެއް. މިވަރުގެ ޖަރީމާ ހިންގާއިރު، މިވަރުގެ ގެޕްސް ހުންނައިރު އަޅުގަނޑުމެން ދެންމި ދަންނަވަނީ ފުލުސް އޮފީހަށްދާ މީހުންގެ ބެކްގްރައުންޑް ޗެކް ކުރާކަށް ނުޖެހެއޭ.

އީވާ ވިދާޅުވީ ރާއްޖޭގެ ފުލުހުންގެ މުއައްސަސާ އަށް ވަޒީފާއަށް ވައްދާ މީހުންގެ ބެކްގްރައުންޑް ޗެކް ނުކުރާ ހިސާބަށް ނުދާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ފުލުހުންނަށް އެވަރަށް އިތުބާރު ކުރާ ހިސާބަށް ނުދާ ކަމަށެވެ.

ހާއްސަކޮށް މިވަގުތު މިއޮތް ސަރުކާރު މިވަރު ބިލެއް ހުށަހަޅާއިރު ހަމަ ގައިމުވެސް މިސަރުކާރަކަށް ދިވެހިރައްޔިތުންގެ އެވަރުގެ އިތުބާރެއް ނެތް.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: