ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މަސައްކަތް ކުރަނީ ފުލުހުންގެ މުއައްސަސާއަށް އެކްޓިވިސްޓުން ލާން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުއައްސަސާއަށް އެކްޓިވިސްޓުން ލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމާއިމެދު ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ބޭނުންވާ ބަޔަކު ފުލުހުންގެ އިދާރާ އަށް ލައިގެން ބޭނުންވާ ގޮތަކަށް ދިވެހި ރައްޔިތުންނަށް އަނިޔާ ކުރާނެ ކަމަށެވެ.

ވަކިން ހާއްސަކޮށް އިދިކޮޅު ޕާޓީގައި، މިސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި މަގުމައްޗަށް ވަކިން ހާއްސަކޮށް އަނިޔާ ކުރުމަށްޓަކައި، ސީދާ އިބްރާޙިމް މުހައްމަދު ސާލިހް ބޭނުންވާ ބަޔަކު ރެކްރޫޓް ކުރަން މި ގާނޫނަށް އަމަލު ކުރުން މި ފަސްކުރަނީ. ކޮބައިތޯ އިތުރު ބޭނުމަކީ؟

ޝިޔާމް ވިދާޅުވީ 2020 ވަނަ އަހަރު މަޖިލީހުން ފުލުހުންގެ ގާނޫނު އިސްލާހުކޮށް ނިންމާފައިވަނިކޮށް އެގާނޫނަށް 2 އަހަރު ވެގެން ދިޔައިރު މަޖިލީހުގައި ތިއްބެވި ބޭފުޅުން އެ ސަނަދު ހޯދުމަށް މަސައްކަތް ނުކުރެއްވީ ކީއްވެގެންތޯ ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަށް މިއުޅެނީ މުޅި މުއައްސަސާ ބޮއްސުންލައިގެން. މިއަދު މުއައްސަސާ އާއި ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކާއި ހަވާލްކުރައްވައިގެން މުޅި މުއައްސަސާ ހަލާކުކޮށްފި. ހަމައެކަނި މުއައްސަަސާގެ ލީޑަރޝިޕް އެކަނި މިއަދު ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އާއި އެކީގައި ތިބީ. އެއީ އެމީހުން ބޭނުންވާ ލީޑަރޝިޕެއް ފުލުހުންގެ މުއައްސަސާ އަދި އެމްއެންޑީއެފްގެ ލީޑަރޝިޕަށްވެސް އެބޭފުޅުން ބޭނުންވާ ސިޔާސީ ބަޔަކު ލައިގެން އެތަން ހިފެހެއްޓޭތޯ މި މަސައްކަތް ކުރަނީ. ނުހިފެއްޓޭނެ.

ޝިޔާމް ވިދާޅުވީ ފުލުހުންގެ ގާނޫނަށް ހުށަހެޅުނު އިސްލާހަކީ ފުލުހުންގެ މުއައްސަސާ ކަހަލަ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އޮތް މުއައްސަސާއެއްގެ ދަރަޖަ ކުޑަވާ ކަހަލަ ގޮތަކަށް ނޫނީ ރައްޔިތުން ފުލުހުންގެ މުއައްސަސާ އާއި ދޭތެރޭ ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވާ ކަހަލަ އިސްލާހެއް ކަމަށެވެ.

ފުލުހުންގެ މުއައްސަސާ އަށް ރެކްރޫޓް ކުރެވޭއިރުގައި ބެކްގްރައުންޑް ޗެކް ކުރެވެންޖެހޭ ޖެހުން މިއޮތީ ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި މިގާނޫނު ތަންފީޒުވާ ގޮތަށް އޮތް އޮތުން، ގާނޫނު ތަންފީޒު ކުރަނީކީއެއްވެސް ނޫން. މި ގާނޫނު ތަންފީޒް ކުރަން ފެށީކީއެއްވެސް ނޫން. ތިން އަހަރު ވެގެން ދިޔައިމަ މި އިސްލާހު މިއައީ ކީއްވެގެންބާއޭ އަޅުގަނޑު ހިތަށް އަރަނީ. މި އިސްލާހަކީ މިއީ ސްކްރީން ކުރަން ނޫނީވިއްޔާ ފުލުހުންގެ މުއައްސަސާ އަށް އަލަށް ވަންނަ ފަރާތެއްގެ ބެކްގްރައުންޑް ޗެކް ކޮށްލަން އޮތް އޮތުން ލަސްމިކުރަނީ. އޭގެ މާނައަކީ ނުކުރާށޭ މި ބުނަނީ. ލަސްމިކުރަނީ 2024 އަށް. މިބޭފުޅުންގެ ވެރިކަން އެބަނިމޭ 2023 ގައި.

ޝިޔާމް ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންގެ މުއައްސަސާގައި މި ސަރުކާރާއި މެދު އިންތިހާ އަށް ނުތަނަވަސްކަން އެބައޮތް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ފުލުހުންނާއި ސިފައިން މިސަރުކާރާއި މެދު ހިތްހަމަ ނުޖެހެނީ އެފަރާތްތަކާއިމެދު އަމަލުކުރެވޭ ގޮތުން ކަމަށެވެ.

ސިޔާސީ ބޭފުޅުންނަށް މިބޭފުޅުން ބޭނުންފުޅުވާ މުސާރަތަކެއް މިހަދަނީ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނާއި އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައިތިބި ބޭފުޅުންނާ ދޭތެރޭގައި މިބޭފުޅުންގެ އެއްވެސްކަހަލަ އަޅާލުމެއްނެތް. އަނެއްކާ މިއުޅެނީ އެކްޓިވިސްޓުން ތަކެއް ވައްދަން. ސީދާ ސިޔާސީ އެކްޓިވިސްޓުންތަކެއް ވައްދައިގެން މިސަރުކާރު ޖަވާބުދާރީ ކުރުވަން ބަހެއްބުނާ މީހަކަށް އަނިޔާ ކުރުމަށްޓަކައި އެ މަސައްކަތް މި ކުރަނީ.

ޝިޔާމް ވިދާޅުވީ ފުލުހުންގެ މުއައްސަސާ މިއަދު ބޮއްސުން ލާފައި އޮތް މިންވަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެނގޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: