ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެ: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް.- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޕާޢި ހިލާފްވުމުން އަޅަންޖެހޭ ފިޔަވަޅެއް އަޅަމުންދާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރަމުން އަސްލަމް ވިދާޅުވީ އޭނާނޫން ކޮންމެ މީހަކު އެމަގާމުގައި ހުއްޓަސް ފިޔަވަޅު ނާޅާ ކަމުގައި ވަނީ ނަމަ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވެނީ ކަމަށެވެ.

އަސްލަމް އެހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ގަރާރުތަކަށް ވޯޓްދޭން ޖެހޭ ކަމަށް ވިދާޅުވެ ވޯޓް ނުދޭނަމަ ވިފާއި ހިލާފްވެ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އީވާ އަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅަނީ ވަކި މެމްބަރަކަށް ވީތީ ނޫން ކަމަށެވެ.

އަސްލަމް ވިދާޅުވީ ގާނޫނަކަށް ގެނެވޭ އިސްލާހެއް ހުށަހެޅުމުން އެކަމާއި ދެކޮޅަށް ވަރަށް ގިނަ ވާހަކަތައް ދެކެވޭ ކަމަށެވެ.

 ބައެއް މެމްބަރުން ވިދާޅުވެއްޖެ، އަޅުގަނޑު ހުށަހެޅީމަ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ވީމަ ވިޕާއި ގުޅޭގޮތުންވެސް ބައެއް މެމްބަރުން ވާހަކަފުޅު ދައްކަވައިފި. ހަގީގަތަކީ އަޅުގަނޑަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން މި ހުށަހަޅަނީ. ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރަކީ އެއީ އެ މަގާމް. އެ މަގާމްގެ ހައިސިއްޔަތުން އެ އޮންނަ ގަވާއިދެއްގެ ތެރެއިން ކުރަންޖެހޭ ކަމެއް. އެއީ އަޅުގަނޑު ކުރާ ކަމެއް ނޫން. އެއީ އެމަގާމުގައި ހުންނަ މީހަކު ކުރަންޖެހޭ ކަމެއް.

އަސްލަމް ވިދާޅުވީ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމުގެ ބޭނުމުގައި ގެނެވުނު ބަދަލެއް ކަމަށެވެ.

2020 ވަނަ އަހަރު އިސްލާހު ކުރެވުނު ފުލުހުންގެ ގާނޫނުން ވަރަށް ގިނަ ބަދަލުތަކެއް ފުލުހުންގެ ހިދުމަތަށް ގެނެސްދީފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

138 މާއްދާ އަށް އެކުލެވިގެންވާ  ގާނޫނުން ފުލުހުންގެ މުޅި ހިދުމަތަށް  ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ފުލުހުންގެ ގާނޫނެއް އޮތް އިރުގައި އެ ގާނޫނަށް އަމަލު ކުރޭތޯ ސަރުކާރާއި ފުލުހުންވެސް ވަރަށް ބޮޑަށް ބަލަން ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ގާނޫނު ކިތަންމެ ފުރިހަމައަކަށް ހެދިދާނެ ކަމަށާއި އަދި ގާނޫނު ތަންފީޒްކުރާއިރުގައި ދިމާވާ ދަތިތަކާއި އެކު ގެންނަންޖެހޭ އިސްލާހު ތަކެއް ގެނައުމަކީ އެއްގޮތަކަށް ވެސް ފަހަތަށް ދިއުން ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: