ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްސަލައިގައި ލައްކައަކަށްވުރެ ގިނަ މީހުންގެ މަސްލަތު ހިމެނޭ: އަބްދުލްރަހީމް

މިރޭގެ ޖަލްސާގައި އަދުރޭ ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްސަލައިގައި ލައްކައަކަށްވުރެ ގިނަ މީހުންގެ މަސްލަހަތު ހިމެނޭކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން ޕީޕިއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަަވަމުން އަބްދުލްރަހީމް ވިދާޅުވީ ދިވެހި ކަނބަލުން ބާރުވެރިކުރުމަށްޓަކައި ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބުރަ މަސައްކަތްތަކެއްކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައިކަމަށެވެ.

އަބްދުލްރަހީމް ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މަގާމު މަތިވެގެން ދިޔަ ގޮތާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ އެއީ ނުހައްގުން ނުފޫޒު ފޯރުވައިގެން ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމެއްކަމަށެވެ.

މިއަށްވުރެ ބޮޑަށް ދެން ކިހިނެއްތޯ ސަރުކާރުން ރައީސް ޔާމީންގެ މި މައްސަލައިގެ ނުފޫޒު ފޯރުވާކަން އަޅުގަނޑުމެންނަށް ސާފު ވާނީ. މިއީ އޮޅިގެން އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން. މިއީ އެނގިގެން އަޅުގަނޑުމެން ދައްކާ ވާހަކައެއް.

އަބްދުލްރަހީމް ވިދާޅުވީ މި ސަރުކާރުން ކުރާ މައިގަނޑު މަސައްކަތަކީ ރައީސް ޔާމީން އަށް އަނިޔާކުރުންކަމަށެވެ. އަދި ރައީސް ޔާމީންއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުރަމުންދާކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވާނެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނަން ޖެހޭ ވާހަކައަކީ ޕޯޑިއަމްއެއްގައި ހުރެ ދައްކަންޖެހޭ ވަރަށްވުރެ މާ ސާފު ވާހަކައެއްކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުލްރަހީމް ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ބައެއް މުއައްސަސާތަކުގައި ތިބި ފަރާތްތަކުން ތަފާތުކުރުން ގެންގުޅޭކަމަށެވެ. ފާއިތުވީ 3 ދުވަހު އިދިކޮޅުގެ ލީޑަރޝިޕްގެ ފަރާތުން ހައި ކޯޓަށް ގޮއްސިންކަމަށާއި، އެއީ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހުށައެޅިތާ 2 ހަފްތާވީއިރުވެސް އެ މައްސަލައިގެ ހައިކޯޓުން ވަކި ގޮތެއް ނިންމާފައިނުވާތީކަމަށް ވިދާޅުވިއެވެ. ރެޖިސްޓަރާއާއި ބައްދަލުކުރަން ދިއުމުން ބައްދަލުކުރަންޖެހޭނެކަމަށް އޮތީ ކޮން ގާނޫނެއްގައިތޯ ހައިކޯޓުން ވާހަކަދެއްކެވި ބޭފުޅާ ސުވާލުކުރެއްވިކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ ދައުލަުގެ ކަންކަމާއި ހަވާލުވެވަޑައިގެން ތިބޭ ބޭފުޅުން އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބަ އޮތްކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައަކީ ލައްކައަކަށްވުރެ ގިނަ މީހުންގެ މަސްލަތު ހިމެނޭ މައްސަލައެއްކަމަށާއި، ނަމަވެސް މި މައްސަލައިގައި ޕީޕިއެމްގެ ލީޑާޝިޕްގެ މަސްލަހަތު ނެތްކަމަށް ހައިކޯޓުން ބުނިކަމަށް އަބްދުލްރަހީމް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށްވެސް އިދިކޮޅުން ވަޑައިގެންފައިވާކަމަށް ފާޙަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޖޭއެސްސީއަށް ދިޔައީ ހައި ކޯޓުގެ ރަޖިސްޓްރާ އިދިކޮޅުގެ ލީޑާޝިޕާއި ބައްދަލުނުކުރެއްވީ ކީއްވެގެންތޯ އޮޅުންފިލުވުމަށާއި، ޖޭއެސްސީ މެދުވެރިކޮށް ސަރުކާރުން ރައީސް ޔާމީންގެ މައްސަލައަށް ނުފުޒު ފޯރުވާ މިންވަރު އޮޅުންފިލުވުމަށްކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ރައީސް ޔާމީންއަށް ހުކުމް ކުރި ފަނޑިޔާރު ޝަކީލްގެ މައްޗަށް، ރައީސް ޔާމީންގެ ގާނޫނީ ޓީމުން ސުލޫކީ ދެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅާފައިވަނިކޮށް އެއަށް ޖަވާބުނުދީ ބޭއްވުމަށްފަހު ޝަކީލް ހައިކޯޓަށް އައްޔަނުކުރަން ނިންމެވީ ކީއްވެގެންތޯ ބެލުމަށްކަމަށެވެ.

މިކަންކަން ވަގުތުން ވަގުތަށް ބެލުމަށްފަހު ޖަވާބުދެއްވާނެކަމަށް ޖޭއެސްސީގެ އެސްޖީ ވިދާޅުވިކަމަށާއި، ނަމަވެސް އޭގެ ފަހުން 3 ދުވަސް ފާއިތުވީއިރުވެސް ޖަވާބުދެއްވާފައިނުވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: