ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރިންގެ ތެރޭގައި ރައީސް ބަލިކުރެވޭނެ އެކަކުވެސް ނެތް: އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަމަށް ރައްޔިތުންނަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ވާދަކުރައްވާ ކާމިޔާބީ ހާސިލު ކުރެއްވޭނެ ބޭފުޅެއް ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް ބުނެ ވާހަކަތައް ދަނީ ދެކެވެމުންނެވެ. ޝަރީފް ވިދާޅުވީ، ރައީސް ކަމަށް ކުރިމަތިލައްވާނެކަމަށް އަޑުއަރަމުންދާ ބޭފުޅުންގެ ތެރޭގައި ރައީސް ސާލިހު ބަލިކޮށްލެވޭނެ ފަދަ ޝަހްސިއްޔަތެއް އަދި ފެނިވަޑައިނުގަންނަވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ރައީސް ސާލިހަކީ ކޮވިޑްގެ ދަތި އުނދަގޫކަމުން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެސްދެއްވި ފަރާތްކަމަށެވެ. އަދި އެމަނިކުފާނަކީ މަޑުމައިތިރި ހިކުމަތްތެރި ލީޑަރެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތުން އެހެން ގައުމުތައް އަރައިގަނަން ފެށީ އަދިކިރިޔާ ކަމަށެވެ. އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށާއި އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދު ކުރިއަށް ދަނީ ވިސްނުންތެރި ސިޔާސަަތުތަކެއް ކަނޑައަޅައިގެން ގައުމު ކުރިއަށް ގެންދާތީކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެއަކީ އެންމެ ބާރަށް ކުރިއަރަމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނިފައިވާ ގައުމެއްކަމަށެވެ. އަދި އެކަން މެދުވެރިވީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރެވެމުންދާތީކަމަށް އެނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، އެ ސިޔާސަތުތަކާއި ދެކޮޅު ބޭފުޅުންނާއި ގައުމު ބަނގުރޫޓުވަމުންދާކަމަށް ވިދާޅުވާ ބޭފުޅުންގެ އަތް މައްޗަށް ވެރިކަމުގެ ބާރު ގޮސްފި ހާލަތެއްގައި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: