ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެންނަނީ ހާލަތަށް ބަލާފަ، އިންތިހާބަށް ނުފޫޒު ފޯރުވާކަން ނޫން: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެންނަނީ ހާލަތަށް ބަލާފަފައިކަމަށާއި، އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރާކަމެއްނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާތީ އިންތިހާބުތަކާއި ކައިރިކޮށް އިސްލާހު ގެންނަނީ ކީއްވެގެންތޯ ނޫސްވެރިއަކު ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން އާއި ސުވާލުކޮށްފައެވެ.

ޖަވާބުގައި މިއުވާން ވިދާޅުވީ އިންތިހާބުތަކައި ބެހޭ ގާނޫނަށް އާންމު ގޮތެއްގައިވެސް އިންތިހާބުތަކާއި ދިމާކޮށް އިސްލާހު ގެންނަކަމަށެވެ. އިސްލާހު ގެންނަނީ ބަދަލުވެގެންދާ ހާލަތާއި އަދި ވޯޓިން ޕޮޕިއުލޭޝަނަށް އަންނަ ބަދަލުތަކާއި ގުޅިގެންކަމަށް މިއުވާން ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ އިންތިހާބުތަކާއި ދިމާކޮށް މިކަހަލަ ބަދަލުތައް އަބަދުވެސް އާދޭ

މިއީ އިންތިހާބަށް ނުރަނގަޅު ނުފުޒެއް ފޯރުވުމަށް ކުރާކަމެއް ނޫންކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވަނީ ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހާއި ގުޅޭ ގޮތުން ކުރެވުނު ސުވާލަކަށްވެސް ޖަވާބުދެއްވާފައެވެ. ވިދާޅުވީ ބެކްގްރައުންޑް ޗެކްނުކުރާ ގޮތަށް ނުނިންމާކަމަށާއި، އެއީ މުޅި ގާނޫނުން ހާސިލްކުރަން ބޭނުންވާ މަގުސަދާއި ހަމައަށް ވާސިލްވުމަށް ހުށައަޅާފައިވާ އިސްލާހެއްކަމަށް މިއުވާން ވިދާޅުވިއެވެ.

މި އިސްލާހާއި ގުޅޭ ގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގޮވާލީ ރިޔާސީ އިންތިހާބާއި ދިމާކޮށް ވާޒީފާދޭ ތަނަކަށް ފުލުހުންގެ މުއައްސަސާ ނެހެދުމަށެވެ. ފުލުހަށް ވަންނަ މީހުންގެ ބެކްގްރައުންޑް ޗެކް ނުކުރާ އިސްލާހު ހުށަހެޅީ އެ މުއައްސަސާ އަށް ކޮން ކުރިއެރުމެއް ލިބިގެންތޯ އީވާ ވަނީ ސުވާލުއުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: