ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކުރު އެއްގޮތް ނޫން ކޮންމެ މީހެއް ދުޝްމިނަކަށް ހަދާތީ އިމްރާންގެ ނުރުހުން!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: އަދާލަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިކުރު އެއްގޮތްނުވާ ކޮންމެ މީހަކީ ތިމާގެ ދުޝްމިނެއްގެ ގޮތުގައި ދެކުމަކީ ބުއްދިވެރިކަމެއް ކަމާއިމެދު ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު، އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާނަށް އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވަނީ ބައެއް ކަންކަމުގައި އޭނާ ހަނު ހުންނަވާތީ އެވެ. އަދި ސަރުކާރުގެ ތާއީދުގައި މާބޮޑަށް ވާހަކަ ދައްކާކަމަށް ބުނެ އާއި، މީގެ ކުރިން އެކި ބައްދަލުވުންތަކާއި ޖަލްސާތަކާއި އެއްވުންތަކުގައި އިމްރާން ދައްކަވާފައި ހުރި ބައެއް ވާހަކަތަކާއި އަމަލުތަކާއި ދިމާނުވާކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުން އަބަދުވެސް އޭނާއަށް އަމާޒުވެ އެވެ.

ކުރިޔަށް އޮތީ 2023 ގެ ރިޔާސީ އިންތިބާބުކަމަށްވުމާއި އެކު، އަދާލަތުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރުރެއް ދިނުމަށް މަސައްކަތް ކުރުމަށް މަޝްވަރާތައް ފަށާފަ އެވެ.

އިމްރާނަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި މިއަދު އޭނާ ވިދާޅުވީ، އެ މީހެއް ގަބޫލު ކުރާ ގޮތާއި، އެ މީހެއްގެ ފިކުރާއި ދިމާ ނުވާ މީހުން އުޅޭނެ ކަމަށެވެ. އެހެންކަމުން އެފަދަ ކޮންމެ މީހެއް އެއީ ދެކޮޅު މީހެއްއްގެ ގޮތުގައި ހެދުމަކީ ބުއްދިވެރިކަމެއް ތޯ އިމްރާން ސުވާލުކުރެއްވިއެވެ.

 

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކޯލިޝަން ހެދުމުގެ މަސައްކަތްތައް ކުރިއަށް ދާއިރު، އެންމެ ފުރަތަމަ ރައީސް ސާލިހު އާއި ބައިވެރިވި ޕާޓީއަކީ އަދާލަތެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: