ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނުންނަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ހެޔޮލަފާ ދަރިއަކު ލިބުން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނުންނަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ދެމިގެންވާ އެންމެ އަގުބޮޑު ސަދަގާތަކީ ހެޔޮލަފާ ދަރިއަކު ލިބުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީން ބޭއްވި ގުރައިދޫ ދާއިރާގެ މެމްބަރު މަރްހޫމް އިބްރާޙިމް ރިޒާގެ ތައުބީންގެ ޖަލްސާގައި އާދަމް ޝަރީފް ވަނީ ރިޒާގެ ހަޔާތުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަ ދައްކަވައި އޭނާއަށް ހެޔޮދުއާ ކުރައްވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ މަރްހޫމް ރިޒާ އަކީ ވަރަށް ކެތްތެރި އަދި މަޑުމައިތިރި ބޭފުޅެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މަރްހޫމް ރިޒާ އަކީ ވަރަށް ރީތި މިސާލުތަކެއް ދެއްކެވި ބޭފުޅެއް ކަމަށެވެ. މަރްހޫމް ރިޒާ އާއި އެކީ އޭނާއަށް ހޭދަކުރެވުނު ދުވަސްތައް ފާހަގަކުރެވުނީ މަރްހޫމް ރިޒާ އަކީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ، ދައްކާ ވާހަކަތައް ކަނުލާ އަޑުއަހައި އެއަށްފަހުގައި ފެންނަ ގޮތް ވިދާޅުވި ބޭފުޅެއް ކަމަށެވެ.

ކަންދިމާވި ގޮތުން އަޅުގަނޑަށް އެންމެ ފަހުން މަރްހޫމް ރިޒާ އާއި ވާހަކަ ދެއްކުނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު. އެއީ އޭރު ރައްޔިތުންގެ މަޖިލިސްގައި އަޅުގަނޑު ހުށަހަޅާފައި އޮތް ތިލަފުށީގެ ބިން ވިއްކުމުގެ މައްސަލައިގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބައެއް ވާހަކަތައް ހިއްސާކޮށްލުމަށް. އެ ފޯނުކޯލްގައިވެސް އަދި އޭގެ ކުރިންވެސް އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި މަރްހޫމް ރިޒާއަކީ ވަރަށް އިހްލާސްތެރިކަމާއި ވަރަށް އޯގާތެރިކަމާއި އެކީގައި މުއާމަލާތްކުރައްވާ އަދި މީހުންނާ މުއާމަލާތްކުރެއްވުމުގައި ވަރަށް ބޮޑަށް އެހެންމީހުންގެ ބަސް އެހެން މީހުން ކަންކަމާއި ދޭތެރޭ ދެކޭ ގޮތް، އަދި އެހެން މީހުންގެ އިހުސާސްތައް، ޝުއޫރުތައް ދެނެގަނެ އޭގެ މައްޗަށް ރިއާޔަތްކޮށްގެން މާހައުލެއްގައި އުފާވެރިކަމާއި ހިތްހަމަޖެހުމާއިއެކު ވަރަށް ކުޅަދާނަ ގާބިލް ބޭފުޅެއް.

އާދަމް ޝަރީފް ވިދާޅުވީ މަރްހޫމް ރިޒާ އާލާސްކަންފުޅާ އުޅުއްވީ ދަތިހާލުގައި ވަރަށް ބޮޑު ވޭނެއްގައި ކަމަށެވެ. އަދި އެދުވަސްވަރުގައި ވެސް މަރުހޫމް ރިޒާގެ ފަރާތުން ފެނިގެންދިޔައީ ކެތްތެރިކަމާއި ހިތްހެޔޮކަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި މަސައްކަތްކުރެއްވި އިރުގައާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން މަރުހޫމް ރިޒާ އަދާކުރެއްވި އިރު ފާހަގަކުރެވިގެންދިޔައި މަގާމްގެ ނުފޫޒުގެ ބޭނުން ކުރައްވައިގެން އެއްވެސް މަސައްކަތެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ.

މަރްހޫމް ރިޒާ އަވަހާރަވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ކަނޑައަޅާފައެވެ.

ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ ގުރައިދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އަލްމަރުހޫމް އިބްރާޙިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: