ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ޝާހިދު ޔޫކޭއަށް ވަޑައިގެންފި

ޝާހިދު ހުކުރު ހުތުބާ ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއިއެކު ޖަރުމަނުވިލާތަށް ވަޑައިގަތުމަށްފަހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރުގެ އަމިއްލަ ޓްވިޓަރ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބާލިންއަށް ރައީސް އާއިއެކު ކުރެއްވި ދަތުރުފުޅަކީ  ކާމިޔާބު ދަތުރެއްކަމަށެވެ. އަދި އެއަށްފަހު އެމަނިކުފާނުވަނީ އިނގިރޭސިވިލާތުގައި ހުންނެވިކަން ހާމަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ކޮމަންވެލްތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އެހެނިހެން ގައުމުތަކުގެ މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާކަމަށެވެ. އަދި މި ދަތުރުގައި އިނގިރޭސި ސަރުކާރުގެ އިސް ވެރިންނާއި ބައްދަލުކުރައްވަންވެސް ކަނޑައެޅިފައިވާކަމަށާއި، ދެ ގައުމުގެ ދެމެދު ކަންކަން އިންތިޒާމުކުރުމާއިމެދު ވާހަކަދައްކަވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދުވަނީ މޮރިޝަސްގެ ފޮރިން މިނިސްޓަރު އަދި އެ ގައުމުގެ ރައްޔިތުންނަށް އެ ގައުމުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާތައް ރައްދުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: