ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޖިޓަލް އައިޑީ ވޯޓުލުމަށް ބޭނުން ނުކުރެވޭނެ، އުސޫލު ހެދިޔަސް ގޮންޖެހުންތަކެއް!

އިންތިހާބެއްގެ ތެރެއިން އޮފިޝަލަކު އައިޑީ ކާޑު ޕްރޮސެސް ކުރާ މަންޒަރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން ޑިޖިޓަލް އައިޑީ ކާޑު ތައާރަފު ކުރެވުނު ނަމަވެސް އެ ނިޒާމު ވޯޓުގައި ބޭނުން ކުރުމުގެ ހުއްދަ ގާނޫނުގެ ތެރެއިން އަދި ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބުތަކާއި ބެހޭ އާއްމު ގަވައިދު މިހާރު އޮތް ގޮތުން، ވޯޓު ލުމުގައި ބޭނުން ކުރެވޭނީ މުއްދަތު ހަމަ ނުވާ ލިޔެކިއުކެވެ. އެހެންކަމުން، ޑިޖިޓަލް އައިޑީކާޑު އިންތިހާބުގައި ވޯޓުލުމުގައި ބޭނުން ކުރުމުގެ ހުއްދައެއް ނެތެވެ.

ގާނޫނުގައި ވަނީ، ވޯޓުލުމަށް ބޭނުން ކުރެވޭނީ މުއްދަތު ހަމަ ނުވާ ހަތަރު ލިއުމެއް ކަމަށެވެ. އެއީ އައިޑީ ކާޑު، ނުވަތަ ޕާސް ޕޯޓާއި، ޕާސްޕޯޓު ކާޑު ނުވަތަ ޑްރައިވިލް ލައިސަންސް އެވެ.

އިންތިހާބުތަކެ ވޯޓުލުމުގެ ގަވައިދުތަކުގެ ދަށުން، މަރުކަޒުތަކަށް އަދި ވޯޓު ފޮށިތައް ކައިރިޔަށް ފޯނުތައް ނުގެންދެވޭނެ އެވެ. އެހެންކަމުން، ޑިޖިޓަލް އައިޑީކާޑު ވޯޓުލުމުގައި ބޭނުން ކުރެވޭ ގޮތަށް ބަދަލު ކުރާނަމަ ގާނޫނީ ބަހުސްތާއި، ނުފޫޒާއި ބާރާއި ގުޅޭގޮތުން ސުވާލު އުފެދުމުގެ ފުރުސަތު އެބައޮތެވެ.

ޑިޖިޓަލް އައިޑީކާޑާއި ގުޅޭގޮތުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އިތުރަށް ވިދާޅުވެފައި ވަނީ ރައްޔިތުން ހޭލުންތެރި ކުރުމަށް ވެސް ވަގުތު ނަގާނެ ކަމަށެވެ. އަދި ގާނޫނުން ބަދަލުތައް ގެނައި ނަމަވެސް އެހެން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ހަބީބް ވިދާޅުވި އެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރަން ފެށުމުގެ ގޮތުން އެ ކާޑު ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: