ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕީއައިގައި ޕްޓްރޯލިއަމް އުފެއްދުންތަކަށްދީފައިވާ ވެއިޓަކީ 0.57 އިންސައްތަ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސީޕީއައިގައި ޕްޓްރޯލިއަމް އުފެއްދުންތަކަށްދީފައިވާ ވެއިޓަކީ 0.57 އިންސައްތަކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު މިނިސްޓަރާއި ލިޔުމުން ކުރެއްވި ސުވާލުގައި ވަނީ ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުރީ ކިހާ ހިސާބެއްގައިތޯ އަދި ކޮންޒިއުމާ ޕްރައިސް އިންޑެކްސް ކަލްކިއުލޭޓުކުރުމުގައި ޕެޓްރޯ ކެމިކަލް ޕްރަޑަކްޓްތައް އުފެއްދުންތަކަށްދީފައިވާ ވެއިޓަކީ ކޮބައިތޯއެވެ.

ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ރާއްޖޭގެ އިންފްލޭޝަން މިހާރު ހިސާބުކުރަމުންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްވީއެސް) އިން ކަމަށެވެ. އަދި މިހާރު އެކުލަވާލައިފައިވާ ސީޕީއައިއަކީ 2016 ވަނަ އަހަރުގެ ހައުސް ހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭގައި ގޭބިސީތަކުގެ ހަރަދަށް ބިނާކޮށް ހޮވާލެވިފައިވާ މުދަލާއި ހިދުމަތުގެ އަގުތައް ހިމަނައިގެން ތައްޔާރުކުރެވިފައިވާ އިންޓެކްސްއެއްކަމަށެވެ.

އަމީރު ވިދާޅުވެފައިވާ ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ސީޕީއައި އެކުލަވާލުމަށް އެމްވީއެސް އިން މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތަރު ރަށަކުން 9،500 އަށްވުރެ ގިނަ އަދަދެއްގެ އަގުތައް ނަގައެވެ. އަދި އެ އިދާރާއިން ކޮންމެ މަހަކު އެއްފަހަރު މާލެ، އަތޮޅުތައް އަދި މުޅި ރާއްޖޭގެ ސީޕީއައި އެކުލަވާލާ ޝާއިއުކުރާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: