ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޕްރިލް މަހުން ފެށިގެން ވެމްކޯ އިން ކުނި ނަގާނީ އިމާރާތުގެ އެންމެ ތިރިން: ސިރާޖު

ކުނި ބިލު ކަރަންޓު ބިލްގައި ހިމެނުމާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހުން ފެށިގެން މާލޭގައި ކުނި ނަގަމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ނަގާނީ އިމާރާތުގެ އެންމެ ތިރިން ކަމަށް ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

މިއަދު  އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ވެމްކޯގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިރާޖް ވިދާޅުވީ ވަކިން އަގުތަކެއް ނަގައިގެން ޑޯޓުޑޯ ކުނި ނެގުމަށް ޕެކޭޖްތަކެއް ކުރިއަށް އޮތް ތަނުގައި ތައާރަފް ކުރާނެ ކަމަށެވެ.

އޭޕްރިލް މަހުން ފެށިގެން ސްޓެލްކޯގެ ބިލްގައި ވެމްކޯގެ ކުނި ބިލު ހިމެނުމަށް ނިންމާފައިވާއިރު ސްޓެލްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ގޭބިސީއަކަށްވެސް ކުނި ބިލު ފޮނުވިގެންދާނެ ކަމަށް ސިރާޖު ވިދާލުވިއެވެ. ސްޓެލްކޯގައި 50،000 އަށް ވުރެ ގިނަ ގޭބިސީ ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މިހާރު ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވަނީ 24،000 ގޭބިސީއެވެ.

މާލޭގައި އުފެދޭ ހުރިހާ ކުންޏެއް ވެމްކޯ އިން ނަގަމުން ދިޔައީ. މި ބަދަލާ ގުޅިގެން ގާތްގަނޑަކަށް 50،000 ގޭބިސީއަށް ހިދުމަތްދޭން އަޅުގަނޑުމެންގެ މޭންޕަވަރ އިތުރުކުރަންޖެހޭ. އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ވެހިކަލް ފްލީޓަށް އިތުރު ވެހިކަލް އެބަ ބޭނުންވޭ. އެމަސައްކަތްތައް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ.

މީގެ އިތުރުން ސިރާޖު ވިދާޅުވީ ޕްރިމިއަމް ޕްލޭންތަކެއް ތައާރަފް ކުރުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އެކަމުގެ ބޭނުމެއް ކަމުގައި ވަނީ ކުރިން ކަނޑައެޅި އަގު ހިފެހެއްޓުން ކަމަށާއި އެއަގު ބަދަލުނުކޮށް ޕްރިމިއަމް ކަސްޓަމަރުންނަށް، ވަކިން ހާއްސަކޮށް ޑޯޓުޑޯ ބޭނުންވާ ކަސްޓަމަރުންނަް ޕްރިމިއަމް ރޭޓް ތަކެއްގައި ހިދުމަތް ތައާރަފް ވެގެން ދާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ޕްރިމިއަމް ހިދުމަތް ތައާރަފް ކުރުމަށް ވިސްނާފައިވީ ނަމަވެސް އެ ހިދުމަތަށް ނަގާނެ އަގުތައް އަދި ކަނޑައަޅާފައެެއް ނުވެއެވެ.

ސިރާޖު ވިދާލުވީ ޕްރިމިއަމް ހިދުމަތަށް ދައްކަންޖެހޭ އަގާއި މެދު ދަނީ މަޝްވަރާ ކުރެވެމުން ކަމަށެވެ.

ކުނި ނަގާ ގޮތަށް ގެނެވުނު ބަދަލުގެ އިތުރުން، އަންނަ މަހުން ފެށިގެން އެންވަޔަރަމަންޓް މިނިސްޓްރީން އަންގާައިވާ ގޮތަށް ކުނި ވަކިނުކޮށް ކުނި ނެރޭނަމަ 1000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވެމްކޯ އިން ބުނިގޮތުގައި މި ޖޫރިމަނާގެ ބޭނުމަކީ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ކުނި ވަކި ކުރަން އިސްކަން ދިނުމެވެ.

ސްޓެލްކޯގެ ކަރަންޓް ބިލަށް ކުނި ބިލް އިތުރު ކުރެވިގެން ދިއުމާއެކު ވެމްކޯގެ އާމްދަނީ މަހަކު 7.5 މިލިއަނަށް އިތުރުވާނެ ކަމަށް ސިރާޖް ވަނީ ބުނެފައެވެ. އަދި ކޮމާޝަލް ތަންތަނުގެ ކުނި ބިލްތަކަށް ބަދަލު އަންނާނެ ކަން ފާހަގަކޮށް ވެމްކޯގެ ޑީއެމްޑީ އަލީ އިކްރާމް ވިދާޅުވީ އެދަދަ ތަންތަނުގެ ބިލްތަކުގެ ބޭސްލައިނެއްގެ ގޮތުގައި 972 ރުފިޔާ ހަމަ ޖައްސާފައިވާ ކަމަށެވެ. ނަމަވެސް ދެފަރާތުން ވާހަކަ ދެކެވި މަޝްވަރާ ކުރެވިގެން އެ ބިލް ކުޑަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓް ބިލް ތައްޔާރު ކުރުމަށްފަހު އެބިލެއްގެ ތެރޭގައި ހިމެނޭ ކުނީގެ ފީ އަށް އެއްވެސް ބަދަލެއް ގެނެވޭނީ ވެމްކޯގެ އިހުމަލުން ކުނީގެ ފީގެ ގޮތުގައި ހިމަނަން ޖެހޭ އަދަދަށް ވުރެ އިތުރު އަދަދެއް ހިމެނިފައިވުމާއެކު ސްޓެލްކޯގެ ބިލް ތައްޔާރު ކުރާތާ 7 ދުވަހުގެ ތެރޭގައި ބިލް ކޮމްޕްލެއިން ފޯމް ވެމްކޯއަށް ހުށަހެޅުމުންނެވެ.

ވެމްކޯގެ ހިދުމަތަށް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކުން ފޯމް ހުށަހެޅުމުން އެޑްވާންސް ފައިސާ ކަރަންޓް ބިލުގައި ހިމެނޭ ކުނީގެ ފީގެ ތެރެއިން އުނިކުރެވޭނެ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: