ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އިންތިހާބުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައި ނުވާނެ: ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ރައީސުލްޖުމްހުރިއްޔާއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ އިންތިހާބުތައް ކާމިޔާބުކުރެއްވުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވާ ބޭފުޅެއް ނޫންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސާލިހު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން ކެމްޕެއިންކުރައްވާ ކަމަށް ބުނެ މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުންވަނީ އެމަނިކުފާނަށް ތުހުމަތު ކުރައްވާފައެވެ. އިބްރާހިމް ޝަރީފް ވަނީ ރައީސް ސާލިހު ދިފާއުކުރައްވާ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ ނުހަނު އަހައްމިއްޔަތު ދެއްވައިގެން ގައުމުގެ މުހިންމު އިންފްރާސްޓްރަކްޗާ ބިނާ ކުރައްވަމުންދާ ބޭފުޅެއްކަމަށެވެ.

އަދި އެމަނިކުފާނު އަތޮޅު ތަކަށް ޒިޔާރަތްކުރައްވާ މަސައްކަތްތައް ބައްލަވާކަމަށާއި ރައީސް އަކީ ރައްޔިތުންގެ އަޑު އައްސަވައިގެން ގައުމު ހިންގެވުމުގެ މަސައްކަތްތައް ކުރައްވާ ބޭފުޅެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ދައުލަތުގެ ވަސީލަތްތައް އެމަނިކުފާނުގެ އަމިއްލަ މަސައްކަތްތަކުގައި ބޭނުން ނުކުރާކަމަށެވެ. އަދި ގާނޫނީ ގޮތުން އެމަނިކުފާނުގެ އަމިއްލަ މަސައްކަތާއި ރިޔާސީ އިންތިހާބާއި ވަކިވާ ހިސާބު އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެމަނިކުފާނާއި ވާދަކުރާ ފަރާތްތައް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަމަށް ބުނެ ހަދަމުންދަނީ ނުބައި ނުލަފާ ދޮގުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދައްކަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން ޝަރީފް ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކުރައްވަންޖެހޭ މަސައްކަތުގެ ހުދޫދުގެ ތެރޭގައި ހިމެނޭ ކަންކަމާއި އަމިއްލަ ވަގުތު ކުރެވޭނެ ކަންކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ތަޅުން ހަގީގަތާއި ހިލާފަށް ވާހަކަ ދެއްވުމަށް ބޭނުން ކުރެއްވުމަކީ ރައީސް ނަޝީދު ކުރައްވަން ނުވާ ވަރުގެ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: