ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ލިބިއްޖެނަމަ ޑްރަގް އެތެރެކުރާ ބޯޓްތައް ކަނޑުމަތިން ބަޑިޖަހާ ފައްތާލާނަން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބިއްޖެނަމަ ޑްރަގް އެތެރެކުރާ ބޯޓްތަކަށް ކަނޑުމަތިން ބަޑިޖަހާ ފައްތާލާނެ ކަމަށާއި ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި އުމަރު ވިދާލުވީ ވެރިކަން ލިބިއްޖެނަމަ ޑްރަގާއި ދެކޮޅަށް މައިގަނޑު ހަތަރު ސިޔާސަތެއް ތަންފީޒު ކުރާނެ ކަމަށެވެ.

ޑްރަގްގެ ވިޔަފާރި ކުރާ މީހުން މިނިވަން ނުވާ ގޮތަށް ޖަލުގައި ބަންދު ކުރާނެ ކަމަށާއި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ރިހިބިިލިޓޭޝަން ފަރުވާ 24 ގަޑިއިރު ތެރޭގައި ފަށާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގްގެ ވަބާ ކަމަށާިއ ޑްރަގާއި ގުޅިފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގޭންގްތައް ކަމަށް އުމަރު ވިދާލުވިއެވެ.

ގޭންގްތަކުން މީހުންނަށް ބިރު ދެއްކުމާއި ވަޅި ހެރުންފަދަ ޖަރީމާތައް ހިންގަމުންދާ ކަމަށާއި ވެރިކަން ލިބިއްޖެނަމަ ގޭންގްތަކަށް އެގޮތަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޑްރަގްގެ ވަބާ ހުއްޓުވުމުގައި ނާކާމިޔާބު ވެފައިވަނީ ހުޅަނގުގެ މޮޑެލްތައް ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ. ޑްރަގްގެ ވަބާއިން ސަލާމަތް ވުމަށް އޮތް ހަމައެކަނި މަގަކީ އިސްލާމީ ޝަރީއާގެ މޮޑެލް ކަމަށް އުމަރު ވިދާޅުވިއެވެ.

ފުލުހުންނަށް އެމީހުންގެ ބާރުދޭންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. ފުލުހުންނަކީ މިއަދު ހަމައެކަނި ޔުނިފޯމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

ފުލުހުންނަކީ އޮތޯރިޓީއެއް ނޫން މިއަދަކު. ވަރަށް ރީއްޗަށް އިސްތިރިކޮށްފައި މެޑަލްތައް ޖަހައިގެން ސައިކަލުގައި ދުއްވާނީ ދެކޮޅަށް. ބާރެއް ނޯންނާނެ، އެއްވެސް ބާރެއް ނޯންނާނެ. އެހެންވީމަ އެބަޖެހޭ އެމީހުން އަތަށް ބާރުދޭން އަޅުގަނޑުމެން އަނބުރާ.

އުމަރު ވިދާޅުވީ އޮތީ ދެގޮތެއް ކަމަށެވެ.

އެއްގޮތަކީ ފުލުހުން އަތަށް ބާރު ދިނުން. އަނެއް ގޮތަކީ ގޭންގް ތަކަށް ބާރުދިނުން. އަޅުގަނޑު ބާރު ދޭނީ ފުލުހުންގެ އަތަށް.

އުމަރު ވިދާޅުވީ މިއަހަރަކީ މުހިއްމު އަހަރެއް ކަމަށެވެ. އެގޮތުން މާޒީގައި ތަފާތު ލީޑަރުން ހޮވައި ތަޖުރިބާ ކުރެވިފައިވާ ކަމަށް އުމަރު ވިދާޅުވއިެވެ. އަދި ތަފާތު ޕާޓީތައް ހޮވައިފިކަމަށާއި ނަމަވެސް އެއްވެސް ޕާޓީ އަކަށް އެއްވެސް ލީޑަރަކަށް މިގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެވިފައި ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިގައުމަކީ ހަރުދަނާ ގައުމެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ. އުމަރު ވިދާޅުވީ ކޮންމެ ކާމިޔާބު ގައުމެއްގެ ފަހަތުގައި އޮތީ މަސައްކަތްތެރިކަމާއި މަސައްކަތުގެ އަހްލާގާއި މުރާލިކަމާއި ތައުލީމާއި ހުނަރުކަމުގައެވެ.  އަދި އެކަންކަން ދެންއަންނަ ޖީލުތަކަށް ދަސްކޮށްދޭންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: