ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރަށް ހިސާބު ޖަހައިފިން، ރައީސް ސާލިހު ކާމިޔާބުކުރާނެ: އިމްރާން

ހޯމް މިނިސްޓަރ އިމްރާނާއި ޝެއިޚް އިމްރާން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް އެއްބުރުން ކާމިޔާބީ ލިބިގެންދާކަން އޭނާގެ ހިސާބުތަކުން ދައްކާކަމަށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިސްވެ އޮވެ ވާދަކުރުމަށް ނިންމައި، އެމްއާރްއެމްއިންވެސް ރައީސް ސާލިހާއި ގުޅިގެން ކުރިއަށް ދިއުމެއް ނެތްކަމުގެ އިޝާރާތްކުރެވިފައިވާއިރު، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން އިން ވަނީ ޖޫމްހޫރީ ޕާޓީއާއިއެކު ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމުގެ މަސައްކަތްތައް ފަށާފައެވެ.

އެހެންކަމުން ގާސިމްއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމުގެ ފުރުސަތު އިތުރަށް ފުޅާވެފައިވާއިރު، އިމްރާން ވިދާޅުވީ، އޭނާ “ވަރަށް ހިސާބު” ޖައްސަވާފައިވާކަމަށެވެ. އަދި އެމްޑީޕީގެ ރައީސް ސާލިހުގެ ފެކްޝަނާއި އަދާލަތު އަދި އެމްޑީއޭ ގުޅިގެން ރައީސް ސާލިހަށް ދެވަނަ ދައުރެއް ކަށަވަރު ކުރާނީކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިމްރާން ވިދާޅުވީ، މަސައްކަތް ކޮށްފި ނަމަ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ނަގާ ވޯޓު 51.2 އިންސައްތައާއި އެކު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރައީސް ސާލިހުވަނީ އެންމެހާ ޕާޓީތަކަށްވެސް ކޯލިޝަން ދައުވަތު އަރުވާފައެވެ. އެންމެ ފުރަތަމަ މި ދައުވަތު ބަލައިގަނެފައިވަނީ އަދާލަތުންނެވެ. ދެވަނަ އަށް ގުޅިފައިވަނީ އެމްޑީއޭއިންކަމަށްވާއިރު، އެމްއާރްއިމް އިންވެސް ގާސިމްއަށް ތާއީދުކުރުމަށް ނިންމާފައިވާކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ. އިދިކޮޅު ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ގޮތާއިމެދު ވަކި ގޮތެއް ކަނޑައެޅިފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: