ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އޮތް ހަމައެކަނި ގޮތަކީ ވެރިކަން ބަދަލުކުރުމަށްޓަކައި ރަނގަޅު އޮޑިއަކަށް އެރުން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު—ފޮޓޯ:- މަޖްލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ ވާހަކަތައް ދައްކައިގެން އެމްޑީޕީއަށް މިހާރު ލިބޭނެ ވޯޓެއް ނެތްކަމަށާއި މިހާރު އޮތް ގޮތަކީ ވެރިކަން ބަދަލުކުރުމަށްޓަކައި ރަނގަޅު އޮޑިއަކަށް އެރުންކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީއަކީ ކޮރަޕްޝަންގެ ހާއްޔެއްކަން އެނގިގެންދަނީ ވެންޓިލޭޓަރުގެ މައްސަލައަށް ވެފައިވާ ގޮތުގެ ސަބަބުންކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައެއް ނުބެލޭކަމަށާެވެ. އަދި ވެރިކަމަށް އައި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ވާހަކަތައް ދައްކައިގެން ނަމަވެސް އެ މައްސަލަތައްވެސް ބެލިފައިނުވާކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވީ އެއް ކަމެއްވެސް ނެތްކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ކޯލިޝަން ހިފެހެއްޓުމަށްޓަކައި ކުންފުނިތައް މެދުވެރިކޮށް ފައިސާ ނަގައިގެން ބެހުންކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ކޮރަޕްޝަންގެ ތެރެއަށް ވައްޓާލީ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ ބޮޑެތި ވެރިން ގުޅިގެންކަންއި ހާޒިރުވެ ތިއްބެވި މެމްބަރުންގެ ހިތްވަރެއް ހުރި ނަމަ ވިދާޅުވާންވީކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ނޫން އެއްވެސް ގޮތެއް މަޖިލީހަކަށް ނެތްކަމަށެވެ. އާދަމް ޝަރީފް ވާހަކަދެއްކެވި އިރު އެކަމާއި ނުރުހުން ފާޅުކުރައްވާ ބައެއް މެމްބަރުންވަނީ އަޑުގަދަކޮށްފައެވެ. އަޑު ގަދަ ކުރުން ހުއްޓާލުމަށް ގޮވާލާ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އޭނާ އާދަމް ޝަރީފްގެ ވާހަކަތައް އައްސަވަން ބޭނުންވާކަން ކެލާ ދާއިރާގެ މެމްބަރުގެ ގާތުގައި ވިދާޅުވިއެވެ. އީވާ ވިދާޅުވީ، އެހެންކަމުން އަޑުމަޑު ކުރެއްވުމަށް އިލްތިމާޒްކުރައްވާކަމަށެވެ.

ވާހަކަތައް ކުރިއަށް ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ، ވެންޓިލޭޓަރު އަދި އެމްއެމްޕީއާރްސީގެ މައްސަލަވެސް ނުބެލޭކަން ފާހަގަކުރައްވާކަަމަށެވެ. އެހެންކަމުން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ކޮރަޕްޝަންގެ ވާހަކަ ދެއްކެވުމުގެ ބޭނުމެއް ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެން އޮތީ އެންމެ ގޮތެއްކަމަށެވެ. އަދި އެއީ ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެނައުންކަމަށާއި އެ ނޫންގޮތަކަށް ކަންކަން ކުރިއަށް ގެންދެވެން ނެތްކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ގޯޕެކް އާއި ގުޅުމަށް ތާއީދުކުރައްވާކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ތާއީދުކުރެއްވުމަށް ނިންމެވި އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި ކޮރަޕްޝަން މަދު ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ވުމުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކޯލިޝަން ދެމެހެއްޓުމައްޓަކައި ކުރަމުންދާ މަސައްކަތަކީ މަޖިލީސް މެމްބަރުންނާއި މެމްބަރުން ބޭނުންވާ ފަރާތަކަށާއި ސަރުކާރުގެ ވެރިންނަށް ފައިސާ ބެހުންކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތުގެ މަތިން އަމަލުކުރަމުންދާ ނަމަ ދިވެހިރާއްޖެއިން ދުވަހަކުވެސް ކޮރަޕްޝަން މަދުވެގެން ނުދާނެކަމަށެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ކޮރަޕްޝަންގެ ވާހަކަތައް ދެއްކުމަށްފަހު، ސަރުކާރުގެ ޕްރޮޖެކްޓްތައް ނަގައިގެން ސަރުކާރަށް ޑިމާންޑުކޮށްގެން ފައިސާ ނަގާ ނަމަ ގޯސް ވެގެންދާނެކަމަށެވެ. އަދި އެމްޑީޕީއިން ކޮރަޕްޝަންގެ ވާހަކަތައް ދެން ނުދެއްކުމަށް އެނާ ތަކުރާރުކުރައްވާކަމަށާއި އެ ވާހަކަތައް ދައްކައިގެން ދެން ލިބޭނެ ވޯޓެއް އަދި އިތުރު އެއްޗެއްވެސް ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އޮތް ހަމައެކަނި ގޮތަކީ ވެރިކަން ބަދަލުކުރުމަށްޓަކައި ރަނގަޅު އޮޑިއަކަށް އެރުންކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންނަށް އެ ނޫން ގޮތެއް ނެތްކަމަށާއި ޒީރޯ ޓޮަލަރެންސްގެ ވާހަކަތައް ދެއްކުމަށް ފަހު ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ގޯސް ކުރިބަޔަކު އެމްޑީޕީ ނޫނީ ރާއްޖޭގައި ނުތިބޭނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: