ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގައި ތިބި ޖޭޕީގެ މެމްބަރުން ކަންބަޅިކަތިލާ އުސޫލުން ވަކިކުރުމުގެ ކުރިން އިސްތިއުފާދީ: ރާއީ

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން  ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ބޭފުޅުން އިސްތިއުފާ ދިނުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް މަކުނުދޫ ދާއިރާގެ މެމްބަރު އަހްމަދު ރާއީ ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއީ ވިދާޅުވީ މަޖިލިސް ތެރޭގައި ތިބިގެން ކެމްޕޭން ނުކުރެވޭނެ ކަމަށާއި ކޯލިޝަންގެ މުއްދަތު ވަނީ ރެއާ ހަމައަށް ހަމަވެފައިކަމަށެވެ.

ކޯލިޝަން އޮތީ ނިމިފައި ރެއާ ހަމައަށް. އަޅުގަނޑުމެންގެ ވަފާތެރި މީހުން އެތަންތަނަށް ބާކީ މިއޮތް ދުވަސްތަކުގައި ލާންޖެހޭނީ. ލައިގެން އެކަން ކުރެވޭނީ. އަޅުގަނޑުމެން ކުރާނީ ވެސް އެގޮތަށް. ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ދެވަނަ ދައުރަކަށް ގެންނާނީ އެމަގުން. އެހެންވީމަ މިހާރުވެސް އަޅުގަނޑުމެން ދެންދާނީ ދުވަހެއް ދުވަހަކަށް މި ގޮވެލިފަތި ގޮވާލެއް ގިނަވަމުން. ރައީސް އާއި އެކު ތިބިމެންބަރުން މިވާހަކަ ދުވަހެއް ދުވަހަކަށް ދައްކަމުން ދާނީ ދެން. އެހެން އެމަގުން ދާނީ. ބަލި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނުކުރެވޭނެ. 2023 ގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ހުވާކުރާނެ. އެހެންވީމަ މިބުނަނީ. އެހިސާބުން ރާއްޖޭގެ ތާރީހު ދުށް ކިންގް މޭކަރ ގެ ހިސްޓްރީ ނިމުނީ. ރައީސުލްޖުމްހޫރިއްޔާ އާއި އެކު ތިބި މެމްބަރުންގެ  އެދުމަކީ ސަރުކާރުން (ސަރުކާރުގައި ތިބި ޖޭޕީގެ މެމްބަރުން ވަކިކުރުމަށް) ބޯލަނބާށޭ. އެމްޑީޕީ އިން މި ޑިޝިޝަން ނަގާށޭ.

ރާއީ ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ ސިޔާސީ މަސްރަހު ހިނގާ ގޮތުން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމްތަކުގައި ތިބި ބޭފުޅުން މަޖިލީހަށް ގެެނެސް އިތުބާރު ނެތްކަމުގެ ވޯޓް ނަގާ ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.

ރާއީ ވިދާޅުވީ ރައީސް ސާލިހްގެ ސަރުކާރުގައި ޖޭޕީގެ މެމްބަރުން ތިބެގެން ފަނިފަކްސާ އަޅައިގެން ބަލިވާން ދޫކޮށް ނުލާނެ ކަމަށެވެ. ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި ތިބި މެމްބަރުން އިހްލާސްތެރިކަމަށް ގަބޫލުނުކުރާ ކަމަށް ރާއީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 40%ވަރަށް ދެރަ 30%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: