ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ކުރަމުންދަނީ ބާޒާރުން ރަނގަޅު އަގެއް ހޯދުމުގެ މަސައްކަތް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އާދާލަތުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން ކުރައްވަމުން ދާ މަސައްކަތަކީ ބާޒާރު ރަނގަޅު އަގެއް ޙޯއްދެވުމުގެ މަސައްކަތްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޖެއްސެވި ހިސާބުތަކުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެކަން ޔަގީންކުރެއްވޭކަމަށް އިމްރާން ވިދާޅުވުމާއިއެކު، ޝިޔާމް ވަނީ އޭނާއަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އަދާލަތު ޕާޓީއިން ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ތޮށިގަނޑު ބަދަލުކުރާނެކަމަށް މޮޅެތި ހިސާބު އިލްމުވެރިން ވިދާޅުވާކަމަށެވެ.

އޭނާ ވިދާޅުވީ، އިމްރާން ޓްވީޓް ކުރައްވައިގެން ކުރައްވާ މަސައްކަތަކީ ބާޒާރުން ރަނގަޅު އަގެއް ހޯއްދެވުމުގެ މަސައްކަތްކަމަށެވެ. އެހެންނަމަވެސް މިފަހަރު ވެރިކަމުގެ އެއްވެސް ދައުރެއް އެ ޕާޓީއަށް ލިބިގެން ނުދާނެކަމަށާއި، ބާކީވެގެންދާނެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 2023 ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ކަމަށެވެ. އަދި އެމަނިކުފާނު އިންތިހާބު ކާމިޔާބުކުރައްވާނީ ބޮޑު އަގުލަބިއްޔަތާއިވެސް އެކުކަމަށް ޝިޔާމް ވިދާޅުވިއެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއް ހެދުމަށް ރައީސް ދައުވަތު ދެއްވި ނަމަވެސް، ޖުމްހޫރީ ޕާޓީން ވަނީ ވަކީން ރިޔާސީ އިންތިހާބަށް ނިކުތުމަށް ނިންމާފަ އެވެ. އަދި ޕާޓީން ކެނޑިޑޭޓެއް ނެރުމަށް ނިންމައި އެކަން އިއުލާނު ކުރުމުން ސަރުކާރު ފެކްޝަނުން ދަނީ އެކަމާއި މެދު ނުރުހުންފާޅުކޮށް ޖޭޕީ ކޯލިޝަނުން ބޭރު ކުރުމަށް ގޮވާލަމުންނެވެ. އަދި ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: