ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޑީއާރުޕީ އާއި އެމްއެލްއެސްޑީޕީ އުނިކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެސްއެލްޑީޕީ) އުވާލުމަށް ނިންމައި ސިޔާސީ ޕާޓީގެ ދަފްތަރުން އުނި ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޑީއާރުޕީ އާއި އެމްއެލްއެސްޑީޕީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން މިއަދުން ފެށިގެން އެދެ ޕާޓީ އުވިފައިވާ ކަމަށެވެ.

އިލެކްޝަންސްގެ އިއުލާންގައި ބުނެފައިވަނީ ޑީއާރުޕީއާއި އެމްއެލްއެސްޑީޕީ އުވާލުމަށް ނިންމާ، ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއްވެސް މި ދެ ޕާޓީން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ ޑީއާރްޕީއާއި އެމްއެލްއެސްޑީޕީގެ ދަރަންޏަށް ޒިންމާވާނީ ސިޔާސީ ޕާޓީގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތް ކަމުގައިވެސް ކޮމިޝަނުން ބުނެފައިވެއެވެ.

އެމްއެލްއެސްޑީޕީ އާއި ޑީއާރުޕީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމާއި ގުޅިގެން ސިޔާސީ ޕާޓީގެ ދަފްތަރުގައި މިވަގުތު ހިމެނެނީ ނުވަ ސިޔާސީ ޕާޓީއެވެ. އެއީ  މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް  (ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ރިފޯމްމޫވްމަންޓް (އެމްއާރުއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: