ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯޓިސް ދިން ޕާޓިތަކުން އެންމެ ގިނަ މެމްބަރުންގެ ފޯމް ހުށައެޅީ މައުމޫނުގެ އެމްއާރުއެމްއިން!

އިސްމާއީލް ހަބީބު އީސީގެ ނައިބު ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ރިފޯރމް މޫވްމެންޓުން (އެމްއާރްއެމް) އަށް މެމްބަރުން ހަމަ ނުވެއްޖެ ނަމަ އުވާލާނެކަމަށް ނޯޓިސް ދީފައިވަނިކޮށް ޖޫން މަހު 14 ވަނަ ދުވަހާއި ހިސާބަށް 1397 މެމްބަރޝިޕް ފޯރމު ހުށައަޅައިފަައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

3000 މެމްބަރުން ހަމަ ނުވާ ޕާޓިތަކަށް އެ މަސައްކަތް ކުރުމަށް ޖޫން މަހު 14 ވަނަ ދުވަހާއި ހިސާބަށް މުއްދަތު ދީފައިވާ އިރު، އެއަދަދަށް މެމްބަރުން ހަމަވެފައިވާކަމަށް އެމްއާރްއެމްގެ ފަރާތުން މީގެ ކުރިންވަނީ ބުނެފައިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރީ ޖުމުލަކޮށް ހަތަރު ޕާޓިއެއްގެ މައުލޫމާތުކަމަށްވާއިރު، އިލެކްޝަންސްއިން ބުނެފައިވާގޮތުން، އެމްއާރްއެމްގައި މިވަގުތު ތިބީ 2280 މެމްބަރުންނެވެ އަދި 720 މެމްބަރުން އިތުރަށް ބޭނުންވާކަމަށްވެސް ފާހަގަކޮށްފައިވާ އިރު، އެ ޕާޓީއިންވަނީ ޖޫން 14ވަނަ ދުވަހުގެ 22:00 އާއި ހަަމައަށް 1397 މެމްބަރުންގެ ފޯރމު ހުށައަޅައިފައިކަމަށްވެސް އިލެކްޝަންސްއިން ހާމަކޮށްފައިވެއެވެ.

އެމްއާރްއެމުން 1397 ފޯރމު ހުށައަޅާފައިވާކަމަށް އިލެކްޝަންސް އިން އާންމުކޮށްފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ފޯރމު ހުށައަޅާފައިވާ ޕާޓީއަކީ ރައީސް ޔާމިންގެ ސަރުކާރުގައި ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއެވެ. އެ ޕާޓީގައި 2457 މެމްބަރުން ތިބިކަމަށް އިލެކްޝަންސްގެ ހިސާބުތަކުން ދައްކައެވެ. އަދި 3000 މެމެބަރުން ހަަމަ ކުރުމަށް އިތުރު 543 މެމްބަރުންގެ ފޯރމު ބޭނުންވާއިރު، އެ ޕާޓީން ހުށައަޅާފައިވަނީ 962 ފޯރމެވެ.

އެމްޓީޑީއާއި ޖެހިގެން އެންމެ ގިނަ ފޯރމު ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޑީއާރްޕީއިންނެވެ. އެ ޕާޓީގައި މިވަގުތު 2269 ތިބިމަކަށް އިލެކްޝަންސްއިން ބުނެއެވެ. އަދި 731 މެމްބަރުން އިތުރަށް ބޭނުންވާކަަމަށް ފާހަގަކޮށް އިލެކްޝަންއިން ބުނެފައިވަނީ، ޑީއާރްޕީއިން 788 މެމްބަރުންގެ ފޯރމު ޖޫން މަހުގެ 14 ވަނަ ދުވަހާއި ހިސާބަށް ހުށައަޅާފައިވާކަމަށެވެ.

އެމްއާރްއެމް، އެމްޓީޑީ އަދި ޑީއާރޕީގެ އިތުރުން މެމްބަރުން ހަމަނުވާކަމުގެ ނޯޓިސް ދެވިފައިވަނީ އެމްއެސްއެލްޑީޕީއަށެވެ. އެ ޕާޓީގައި 2691 މެމްބަރުން ތިބިކަމަށް އިލެކްޝަންސްއިން އާންމުކޮށްފައިވެއެވެ. އަދި އިތުރު 309 މެމްބަރުން ބޭނުންވާކަމަށާއި ޖޫން މަހުގެ 14 ވަނަ ދުވަހާއި ހިސާބަށް އެމްއެސްއެލްޑީޕީން ވަނީ، 376 މެމްބަރުންގެ ފޯރމު ހުށައަޅާފައިކަމަށްވެސް އިލެކްޝަންސްއިން އާންމުކޮށްފައިވެއެވެ.

އިލެކްޝަންއިންވަނީ ދާދި ފަހުން 3000 މެމްބަރުން ހަމަ ނުވާ ޕާޓީތައް އުވާލާނެކަމަށް ނޯޓިސްދީ، ގަވައިދުގައިވާ އަދަދަށް މެމްބަރުން ހަމަ ކުރުމަށް ޖޫން މަހުގެ 14 ވަނަ ދުވާހާއި ހަމައަށް މުއްދަތު ދީފައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: