ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ވައުދު ފުއްދުމަށް ބިލް ހުށައެޅީ ޑީއާރުޕީގެ ލީޑަރު!

ޑީއާރުޕީގެ ލީޑަރ އަބްދުﷲ ޖާބިރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމީންގެ ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމަށް އެ ގާނޫނަށް ގެނައި އިސްލާހު އުވާލުމަށްޓަކައި މަޖިލީހަށް ހުށައަޅުއްވާނެކަމަށް ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެން ވައުދާއި އެއްގޮތަށް ޑީއާރުޕީގެ ލީޑާ އަބްދުﷲ ޖާބިރު ހުށައެޅުއްވި ބިލަށް ވީނުވީއެއް ރައީސްއަށް ނޭގޭކަން ހާމަވެއްޖެއެވެ.

އެމްޑީޕީ އިދިކޮޅުގައި އޮވެ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީންގެ ސަރުކާރުގައި މި އިސްލާހު ގެނެވިގެން ދިޔައިރު ރައީސް ސާލިހަކީ އިދިކޮޅުގެ ޕީޖީ ލީޑަރެވެ. އަދި މި މަގާމުގައި ހުންނަވާ ރައީސް ސާލިހު ވަނީ އެ ގާނޫނަށް އަމަލު ކުރަން ނުޖެހޭނެކަމުގައި ވިދާޅުވެފައެވެ.

އެއަށްފަހު އެމަނިކުފާނު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވެވަޑައިގެން ވައުދުތަކުގެ ތެރޭގައި މި ބިލު އުވާލުން ހިމެނެއެވެ. އަމިއްލަފުޅަށް މަޖިލީހުގެ އަގުލަބިއްޔަތު އެމަނިކުފާނުގެ އަތްމަތީގައި އޮތްކަމަށް އިއުލާންކުރައްވާފައިވީ ނަމަވެސް އަދި މިހާތަނަން މި ބިލަށް ވީނުވީއެއް ނޭގެއެވެ.

ނުވަ މަސް ދުވަސް ފަހުން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ބިލު މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ އާއި ބިލް ފާސްކުރާނީ ކޮން އިރަކުންތޯ ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ އެއްވެސްކަމެއް އެބޭފުޅުން ނުކުރައްވާނެކަމަށާއި އަދި މިކަމަށް ހުރަހެއް އޮވެއްޖެނަމަ ނައްތާލައްވާނެކަމަށެވެ. މިފަދައިން ވިދާޅުވުމުން އެނެއްކާވެސް ނޫސްވެރިޔާ ވަނީ ރައީސަށް ސުވާލު ސާފު ކޮށްދެއްވާ އުވާލުމަށް ވައުދުވެވަޑައިގެން ބިލަށްވީ ކިހިނެއްތޯ ނުވަތަ އުވާލާނީ ކޮން އިރަކުންތޯ އައްސަވާ ސުވާލު ތަކުރާރުކުރައްވާފައެވެ.

ކުރި ސުވާލުގެ ޖަވާބު ނޭގިފައި ހުންނަވާފަދައިން މަޖިލީހުގައެއް ނޫންތޯއޭ ވިދާޅުވެ ރައީސް ސުވާލު އަމާޒުކުރެއްވީ ނޫސްވެރިޔާއަށެވެ. އަދި މެންބަރަކު ހުށައަޅުއްވާފައިވާކަމަށާއި އެމަނިކުފާނުވެސް ޖެހިވަޑައިގަންނަވާނީ ސާފުކޮށްލަވަންކަމަށް ރައީސް ވިދާޅުވިއެވެ. އެނެއްކާވެސް އުވާލަން ހުށައަޅުއްވާފައިވާކަމަށް ތަކުރާރުކުރައްވާ ވިދާޅުވީ ބިލު މަޖިލީހުގައި ނެތްކަމުގައި ވަނީނަމަ ދެން އޮތް ބަޔަށް ދާންޖެހޭނީ އެމަނިކުފާނުކަމަށެވެ.

އާންމު ރައްޔިތު މީހާއަށްވެސް އިގޭނެފަދަ މިފަދަ އާންމު މައުލޫމާތެއް ރައީސަށް އެގިވަޑައިނުގަތުމުން ގިނަ ބަޔަކު އެމަނިކުފާނަށް ފާޑު ކިޔުން އަމާޒުކުރެއްވިއެވެ. އަދި ރައީސް ގަސްތުގައި ނޭގޭކަމަށް ހެއްދެވީކަމަށާއި އެވާހަކަ ހުއްޓާލާ ވާހަކަ އޮޅުވާލުމަށްޓަކައި ހެއްދެވި ގޮތެއްކަމުގައިވެސް ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔައެވެ. އަދި މީގެ އިތުރުން ރައީސްގެ ރިޔާސީ ދައުރު ނިމެން 14 މަހަށް ވެފައިވާއިރުވެސް ރިޔާސީ ބަޔާނުގައިވާ ގިނަ ވައުދުތަކެއް ނުފުއްދެވި ހުރީތީވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: