ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަންޏަށް ޒިންމާ ކުރުވަން މައުމޫން ގޮވައިގެން އެމަނިކުފާނު އުފެއްދެވި ޑީއާރްޕީން ކޯޓަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމަނިކުފާނުގެ މައްޗަށް ދައުވާކުރަން އެ ޕާޓީން ނިންމައިފިއެވެ.

ޑީއާރްޕީން  ބުނީ މައުމޫންގެ ލީޑަޝިޕްގައި އެ ޕާޓީ ވަނީ ބޮޑު ތަނުން ދަރަނިވެރިކޮށް އެ ބިލުތަކުގެ ފައިސާ ނުދައްކާ ޕާޓީގެ އޭރުގެ މެމްބަރުންގެ ބޮލުގައި ދަރަނި އަޅުވާފައި ކަމަށާއި  އޭރުގެ ދަރަނިތަކުގެ ބިލުތައް މިއަދުވެސް އަންނާތީ އެ ދަރަންޏަށް ޒިންމާވުމަށް މައުމޫންގެ މައްޗަށް ދައުވާކުރަން ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޑީއާރުޕީން އިތުރަށް ވިދާޅުވީ , މިފަދަ ބޭފުޅުން އެމްއާރްއެމްގެ ނަމުގައި ޕާޓީ ހަދާ، މި ސަރުކާރު ކޯލިޝަނުގައި ބައިވެރިކޮށްގެން އުޅޭ އުޅުން ކުށްވެރިކުރާ ކަމަށެވެ.

އަދި މި މައްސަލަ އާއި މެދު ގޮތެއް ނިމެންދެން މި ހުރިހާ ދަރަނި ދެއްކުން މަޑުޖައްސާލަން ވެސް  ނިންމާފައިވާ ކަމަށް ޑީއާރްޕީން ބުނެއެވެ.

ޑީއާރްޕީ އަކީ މައުމޫން އުފެއްދެވި ޕާޓީއެއް ކަމަށްވާއިރު، 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުން މައުމޫނަށް ނާކާމިޔާބުވެ އުފެދުނު މައްސަލަތަކުގައި އެމަނިކުފާނު ވަނީ ޕާޓީއާ ފެއަށް ޖެހިވަޑައިގެންފައެވެ. އަދި މީހާރު އެމަނިކުފާނު ގެ ޕާޓީ އެމްއާރުއެމް އަކީ ސަރުކާރު ކޯލިސަންގައި ހިމެނޭ ޕާޓީއެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: