ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމިކް ކެޕިޓަލްސް އެންޑް ސިޓީސްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެއްޖެ

މިނިސްޓަރު ޝާހިދު: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮރގަނައިޒޭޝަން އޮފް އިސްލާމިކް ކެޕިޓަލްސް އެންޑް ސިޓީސްގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އިންނެވި ފޮޓޯއެއް ހިއްސާކުރައްވާ މިނިސްޓަރު ވިދާޅުވީ، ބައްދަލުވުން ކުރިއަށް ގެންދަނީ މުޅި މުސްލިމު އުއްމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނިކޮށްކަމަށެވެ. އެގޮތުން އިސްލާމް ދީނަށް ނަފްރަތު ކުރާ މީހުން އިތުރުވެ އެ ވިސްނުން ފެތުރެމުންދާކަމަށާއި ހަރުކަށި ވެރިކަންތަކާއި ކޮވިޑްގެ ދަތިކަން ފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކަންކޮޅުތަކުގައިވެސް ދިރިއުޅޭ މުސްލިމުން ތަހައްމަލު ކުރަމުންދަނީ އުނދަގޫ ދުވަސްތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމް ދީނުގައި ކުރުމަށް ބުނާ ކަންކަން އޮންނީ ސާފުކޮށް އެނގެންކަމަށެވެ. އަދި އެކަންކަމަކީ ތާހިރުކަންކަން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އޮންނަނީ އެންމެން ގުޅިގެން އަމާންކަމާއިއެކު ދިރިއުޅުމުގެ ވާހަކަތައް ކަމަށާއި ނަފްރަތާއި ބިރުވެރިކަން އަދި ހަމަނުޖެހޭ ވިސްނުންތަކާއި އިސްލާމް ދީން ދެކޮޅުވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އިސްލާމް ދީންގައި އޮންނަ ކަންކަން ފެތުރުމައްޓަކައި އެންމެން ގުޅެންޖެހޭކަމަށެވެ. އަދި ކުށްވެރިންނާއި ތަފާތުވަނީ ވިސްނުންތެރި އަދި ހަމަ ހިމޭން ވިސްނުންތަކުގެ ދަށުން ހަރުކަށި ފިކުރުގެ ކަންކަމާއިމެދު އަމަލުކުރާތީކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމާއި އިސްލާމް ދީނާއި ދެކޮޅު ވިސްނުންތައްވެސް ފެށިގެން އަންނަނީ ހަގީގީ އިސްލާމީ އުސޫލުތައް އެ ބަޔަކަށް ދެނެގަނެވިފައިނުވާތީކަމަށެވެ. އެހެންކަމުން އިސްލާމް ދީނާއި ދެކޮޅު ހިޔާލުތައް ނައްތާލުމަށް މަސައްކަތްކުރާ ހާއްސަ ދުވަހެއް ފާހަގަކުރުން މުހިންމުކަމަށެވެ. އަދި ރަނގަޅު މައުލޫމާތު ފެތުރުމަށް ކުރާ މަސައްކަތްތައް އެންމެން އެކުގައި ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: