ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފް ވަޒީފާގެ ފުރުސަތަށް ހުޅުވާލައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ސިފައިންގެ ޕެރޭޑް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފްގެ ވަޒީފާއަށް ވަނުމަށް ފުރުސަތު ހުޅުވާލެވިފައިވާކަން އިއުލާނުކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުން، ސިފައިންގެ ވަޒީފާއަށް ހުށައެޅުމަށް ވަކި ޝަރުތުތަކެއް ހަމަވާންޖެހެއެވެ. އެގޮތުން އެ މީހަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭކަމަށާއި، އެންމެ ދަށުން ޖީސީއީ އޯލެވެލް ފާހައެއް ނުވަތަ އެއް ފަންތީގެ ވޮކޭޝަނަލް އޮތުންވެސް ޝަރުތު ކުރެވިފައިވާއިރު، 18 އަހަރު ފުރި 25 އަހަރު ފުރިފައިނުވާ މީހަކަށް ވާންޖެހޭކަމަށް ބުނެފައިވެއެވެ. އަދި އެ މީހަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހެއްކަމަށް ވާންޖެހޭކަމަށްވެސް ބުނެފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން، ކުރިމަތިލާ ފަރާތަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމަށް ވެގެން ނުވާނެކަމަށެވެ. އަދި ފިރިހެނެއް ނަމަ އިސްކޮޅުން 5 ފޫޓު 5 އިންޗި ހަމަ ވާންޖެހޭކަމަށް ފާހަގަކޮށްފައިވާއިރު، އަންހެނެއްގެ އިސްކޮޅުގައި 5 ފޫޓު 3 އިންޗި ހުރުން ލާޒިމުކަން ފާހަގަކޮށްފައިވެއެވެ. އެމްއެންޑީއެފްއިން ބުނެފައިވާގޮތުން ހުށައަޅާ އެއްވެސް މީހެއް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެގެން ނުވާނެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން، ވަޒީފާއަށް ނަގާއިރު، އިސްވެ ބަޔާން ކުރި ޝަރތުުތައް ފުރިހަމަވުމުގެ އިތުރުން އިންޓަރވިއު އަދި ފިޒިކަލް ޓެސްޓުގެ ނަތީޖާއަށްވެސް ރިއާޔަތްކުރާނެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުން، ވަޒީފާއަށް އެދޭ ފޯމު ޑިފެންސް އަދި އެ މުއައްސަސާގެ ވެބްސައިޓުން ލިބޭނެއެވެ. އެ ފޯމު ހުށައަޅާއިރު، ޕޮލިސް ރިޕޯޓުވެސް ހުށައަޅަންވާނެކަމަށާއި، ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 16ވަނަ ދުވަހުގެ 14:00 ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: