ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާއީ ހުކުމެއް އިއްވަންދެން ރިޔާސީ ޓިކެޓަކީ ރައީސް ޔާމީންގެ ހައްގެއް: އާދަމް ޝަރީފް

އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި އާދަމް ޝަރީފް/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ނިހާއީ ހުކުމެއް ނުކުރާ ހިނދަކު ޓިކެޓު އޮންނާނީ އެމަނިކުފާނުގެ ހައްގެއްގެ ގޮތުގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެނޑިޑަސީއާއިމެދު ސުވާލު އުފެދިފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުގެ އުންމީދަށް ތާޒާކަމެއް ގެނެސްދެއްވާފައެވެ. އޭނާ ވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ބޮޑު ފުރުސަތެއް އަދި އޮތްކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންނަށް ކުރިމަތިލެވޭކަމާއި، އިދިކޮޅު ލީޑަރޝިޕުގެ ތެރޭގައި މައްސަލަތައްވެސް އުފެދިފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އާދަމް ޝަރީފް ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ރައީސް ޔާމީން އާއި ދެކޮޅަށް ނުނެރޭހާ ހިނދަކު ޕީޕީއެމްގެ ރިޔާސީ ޓިކެޓަކީ ރައީސް ޔާމީންގެ ހައްގެއްކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ އިންތިހާބީ ހައްގަށް އުނިކަން ލިބިގެންދާނެ ފަދަ އެއްވެސް ކަމެއް އިދިކޮޅު މެމްބަރުން ނުކުރާނެކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނަށް ގެއްލުންތަކެއް ލިބިގެންދާ ފަދަ ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ސަޕޯޓަރުން ނުދޭނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ޔާމީންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: