ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމް ޝަރީފަށް: މިހާރު ޖޭޕީ އަދި ފިކުރެއްގެ ދިރުމުން އެއްބާރުލުން ނުދެޔޭ ތި ކިޔަނީ އެކަނިވާން ފެށީމަ

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ފަރާތުންވެސް މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް އެއްބާރުލުން ލިބުނީ ފިކުރެއްގެ ދިރުމާއި ޕީޕީއެމްގެ މެމްބަރުންގެ ފަރާތުންވެސް ލިބުނު ފަދައިންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވި ވާހަކަތަކަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.

ކޯލިޝަން ޕާޓުނަރުން ސަރުކާރަށް އެއްބާރުލުން ދިން ވަރު މަޖިލީހުގެ ޔައުމިއްޔާތަކުން ފެންނަން ހުންނާނެކަމަށާއި، ފިކުރެއްގެ ދިރުމާއި ޖޭޕީ އަދި ޕީޕީއެމްގެ ދެމެދު ބޮޑެތި ތަފާތުތަކެއް ނެތްކަމަށް ޝަރީފް ވިދާޅުވެފައިވާކަމަށް އަލިއަޅުއްވައި ޝިޔާމް ވިދާޅުވީ، ޖޭޕީ އަދި ފިކުރެއްގެ ދިރުން އިން އެއްބާރުލުން ނުދިން ނަމަ، މަޖިލީހުގެ ތެރޭގައި ސަރުކާރުން ބޭނުންވި އެއްވެސް މުހިންމު ކަމެއް ނުވާނެކަން އޭނާ އަށް ޔަގީންކަމަށެވެ.

ސަރުކާރަށް އެއްބާރުލުން ދިނުމަކީ ހަމައެކަނި ބިލުތަކާއި އެއްކޮޅަށް ވޯޓު ދިނުން ނޫންކަމަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ، ބައެއް ހާލަތްތަކުގައި ސަރުކާރުން ބޭނުންވާ މަގުސަދެއް ހާސިލުކުރުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހާޒިރު ނުވުމަކީ ނުވަތަ ދޫކޮށް ދިއުމަކީވެސް އެއްބާރުލުން ދިނުންކަމަށެވެ. އަދި ޝަރީފް ޖޭޕީއަށް ފާޑުވިދާޅުވަނީ އެކަނިވެރިވަމުންދިއުމާއި ގުޅިގެން ޖަޒްބާތުތައް އިތުރުވެގެންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: