ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދި އެހެން ކެނޑިޑޭޓެއް ހޯދަން ޕާޓީގެ އަސާސީ ގަވައިދު ތަން ނުދޭ: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމީން ނޫން ރިޔާސީ ކެނޑިޑޭޓެއް ހިޔާރު ކުރުމުގެ މަސައްކަތްތަކަށް އަދި އެ ޕާޓީގެ އަސާސީ ގައިދު ތަން ނުދޭކަމަށް ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ނޫން އެހެން މަގެއް އިދިކޮޅު ކޯލިޝަނުން ހިޔާރު ކުރަންޖެހިފައިވާކަމަށް ބުނެ ދެކެވޭ ވާހަތަކުގެ އަޑުތައް ގަދަވެ އެމަނިކުފާނުގެ މިނިވަންވެދާނެކަމާއިމެދުވެސް ސުވާލު އުފެދިފައިވާއިރު، އާދަމް ޝަރީފްވަނީ އެމަނިކުފާނު މިނިވަންވެގެންދާނެކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންއަށް ވާދަ ނުކުރެވިދާނެކަމަށް ދުރާލައި އެހެން މީހަކު ހޯދަން ނުވަތަ ދައްކަން އުޅެންޖެހޭ ވަގުތާއި ހާލަތު އައިސް ޖެހިފައިނުވާކަމަށެވެ.

ރައީސް ޔާމީން ނޫން ކެނޑިޑޭޓެއް ހިޔާރު ކުރަން އުޅުމަށް ޕާޓީގެ އަސާސީ ގަވައިދު އަދި ތަން ނުދޭކަމަށް ވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރަން ފަސޭހަވެސް ވާނީ ރައީސް ޔާމީން އަށްކަމަށެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތިލާ ލިސްޓުގައި ރައީސް ޔާމީންގެ ނަން އޮންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: