ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނީ އިލްމީ ހަމަތަކާއި، ދިރާސާތަކުގެ މަތިން: އިމްރާން

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނީ އިލްމީ ހަމަތަކާއި، ދިރާސާތަކުގެ މަތިންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކަށް މިއަދު ދަނީ ވަރަށް މުހިންމު އާ ބޮޅެއް އިތުރުކުރެވިގެންކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތް ރިފޯމްކުރުމުގެ މަސައްކަތަކީ ރައީސް ސާލިހުގެ އިންތިހާބީ ވައުދެއްކަން ފާހަކޮށް އިމްރާން ވިދާޅުވީ، އެހެންކަމުން ދިވެހި ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިހުތިރާމާއި ލޯބި ހޯދުމަށް ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބުކުރެވިގެން ކުރަންޖެހިފައިވާ ދަތި އަދި ގޮންޖެހުން ބޮޑު މަސައްކަތަކަށްކަމަށް އިމްރާން ވިދާޅުވިއެވެ.

އެ މަންޒިލަށް ވާސިލްވުމަށްޓަކައި ކަނޑަތު ކުރަންޖެހެނީ ކަށިތަކުން ފުރިގެންވާ ދިގު މަގެއްގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތް ފެށީކަމުގެ ހަގީގަތް އެނގި ތިބެ، މި ބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމާއިއެކު. އަދި އެ ފިޔަވަޅަށްފަހު އަނެއް ފިޔަވަޅު އަޅަމުން އައިސް މިއަދު އަޅުގަނޑުމެން މި ފަށާ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްއަކީ މި މަގަށް ފުލުހުންގެ މުއައްސަސާ ގޮވައިގެން ދަތުރުކުރުމަށް ނިކުމެ ތިއްބެވި މާލިމީންނަށް މަގުދައްކައިދޭނެ އަދިގަދަ ބައްތިއަކަށް މި ކޮންފަރެންސް ވެގެންދާނެ.

އިމްރާން ވިދާޅުވީ މިއީ ދައުލަތުގެ މަދަނީ މުއައްސަސާތަކުން އިސްވެގެން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމުގެ މަގު ދައްކައިދިނުމުގެ މަސައްކަތެއްކުރާ ފުރަތަމަ ފަހަރުކަމަށެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ފެށިގެން ޕޮލިސް ބޯޑުގެ އިސްނެންގެވުމާއިއެކު، މިނިސްޓްރީއާއި ފުލުހުންނާއިއެކުވެ ގުޅިގެން ގިނަ މަސައްކަތްތަކެއްކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފުލުހުންގެ މުއައްސަސާ މިހާހިސާބަށް އައީ ދައުލަތުގެ ވަރަށް ގިނަ މުއައްސަސާތަކުގެ އެއްބާރުލުމާއިއެކުކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތް ތަރުތީބުކޮށް ހަރުދަނާކުރުމުގެ މަސައްކަތުގެ ކޮންފަރެންސް ފަށާއިރު، 10 ފަރާތަކުން ދިރާސާކޮށް ޕޭޕާ ހުށައެޅުމަކީ ކުރިއެރުމެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ އާންމު ރައްޔިތުންނާއިއެކުވެގެން ގުޅިގެން، ފުލުހުންގެ މަސައްކަތް ބައްޓަންކުރަންވީ ގޮތް މަޝްވަރާކުރި ފުރަތަމަ ފަހަރުކަމަށެވެ. ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނީ އިލްމީ ހަމަތަކާއި، ދިރާސާތަކުގެ މަތިންކަމަށް މިނިސްޓްރު ވިދާޅުވިއެވެ. އަދި ކޮންފަރެންސްތަކާއި، ސެމިނާތަކާއި އަދި ވޯކްޝޮޕްތައް ބާއްވާނެކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: