ރާއްޖެ ބަނގުރޫޓުވެފައިވާކަމަށް ބުނެ އަޑުއުފުލަމުން ދިޔަ ފަރާތްތައް މިއަދު ރިޔާސީ އިންތިހާބުގައި ބައިވެރިވެ ފައިނޭންސް ކުރާނެ ގޮތުގެ އެއްވެސް ވާހަކައެއް ނުދައްކާ އެކި ކަންކަން ކުރާނެ ކަމުގެ ވައުދުތައް ވަމުންދާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެމެދު އޮތް މައްސަލަ އާއިމެދު ޝަރީފް ވަނީ އެކި ފުރުސަތުތަކުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު އާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ފަރާތްތައް ބޭނުންވަނީ މަޖިލިސް މެދުވެރިކޮށް ގައުމު ބަނގުރޫޓުވެފައިވާކަން އިއުލާނުކުރުމަށްކަމަށެވެ.
އޭނާ ވިދާޅުވީ، މަޖިލީސް މެދުވެރިކޮށް މަސައްކަތްކުރަމުންދަނީ ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށް މަޖުބޫރުކުރުމުގެ މަސައްކަތްތައް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ދަނީ އެންމެހާ ޒިންމާތައް ފުރިހަމައަށް އަދާ ކުރަމުންކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
These very same political parties n leaders, who have been claiming the country bankrupt all these days,are yet now, running in the presidential election,r offering a wide variety of handouts n giveaways without any mention of where the money to finance them r going to come from.
— Ibrahim Shareef (@AdduShareef) March 19, 2023
ޝަރީފް ވިދާޅުވީ، ގައުމު ބަނގުރޫޓުވެއްޖެ ކަމަށް އިއުލާނުކުރުވުމަށް މަސައްކަތްކުރަމުންދާ ސިޔާސީ ޕާޓީތަކާއި ލީޑަރުން މިއޮއް ހުރިހާ ދުވަހު ބުނަމުންދިޔައީ ގައުމު ބަނގުރޫޓުވެފައިވާކަންކަމަށެވެ. އެހެންނަމަވެސް މިހާރު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާކަމަށާއި، އެކި ޒާތުގެ ހުވާތައް ވެވަޑައިގަންނަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، ހުއާތައް ކުރަމުންދާ ނަމަވެސް އެ ވައުދުތައް ފުއްދުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތުގެ ވާހަކައެއް ނުދައްކާކަމަށެވެ.

