ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ އިނާމު “ބޮޑުގުޅަ” ކުރުން ބުއްދިވެރިއެއް ނޫން: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ގައުމީ އިނާމުތައް ދިނުމުގައި އަމަލުކުރަމުންދާ ގޮތާއިމެދު މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުންވަނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެކަމަށް އަލިއަޅުއްވައި ވަހީދުވަނީ ގައުމީ އިނާމުތައް ފަދަ ޝަރަފުތައް އެރުވުމުގައި މިހާރު ސަރުކާރުން އަމަލު ކުރަމުންދަނީ އެނާ ބަލައިނުގަންނަ ގޮތެއްގެ މަތިންކަން ހާމަކުރައްވާފައެވެ.

ވަހީދު ވިދާޅުވީ، ގައުމީ އިނާމުގެ އެންމެ ބޮޑު ސިފައަކީ އޭގެ ޝަރަފުވެރިކަމާއި އަގުވަޒަން ކުރެވިގެންދާ މިންވަރުކަމަށެވެ. އެހެންނަމަވެސް މިހާރު ގައުމީ އިނާމުތައް ދެ އިރު ކާ ބޭހެއްގެ ގޮތުގައި ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ގައުމީ އިނާމާއި އެވޯޑުތައް ބަހައި “ބޮޑުގުޅަ” ކުރުމަކީ ސަރުކާރުން ވިސްނުންތެރިކަމެއް ނެތި ހިންގާ އަމަލެއްކަމަށެވެ. އަދި ގައުމީ އިނާމުތައް ދިނުމަކީ ވޯޓު ހޯދުމުގެ ގޮތުން ކުރައްވާ މަސައްކަތެއް ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: