ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަަރު މަހުލޫފްގެ ކުޅިވަރު ސިޔާސަތައް އާޒިމްގެ ފާޑުކިޔުން!

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް --- ސަންފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވުމާއި ގުޅިގެން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފު ވަނީ ރާއްޖޭގެ އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް، ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދީފައި ވާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރުގެ ވާހަކަތަކަށް އަލިއަޅުއްވައި އާޒިމް ވިދާޅުވީ، އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމުގެ ސިޔާސަތެއް ގެންގުޅުއްވުމަކީ ތަންދޮރު ނުދަތުންކަމަށެވެ.

އާޒިމް ވިދާޅުވީ، އެއްވެސް ތަފާތެއް ނުގެންގުޅުއްވާކަމަށް މިނިސްޓަރު ވިދާޅުވުމުން ހާމަވެގެންދަނީ އެއްވެސް ޕްލޭނެއް ނުގެންގުޅުއްވާކަން ކަމަށެވެ.

އާޒިމް ވިދާޅުވި  ގޮތުގައި މިނިސްޓަރުގެ ވާހަކަތަކާއިއެކު ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އާއި މެދު އެއްވެސް ވިސްނުންފުޅެއް ވިސްނާފައިނުވާކަން ސާފުވެގެންދެއެވެ. އަދި އެކަމުން މިނިސްޓަރުގެ ހަގީގީ ސިޔާސަތެއް ނެތްކަންވެސް ފެނިގެންދާކަމަށާއި، ދެއްވި ވާހަކަތަކުން މިނިސްޓަރަށް އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރައްވަން އެނގިވަޑައިނުގަންނަވާކަންވެސް އެނގިގެންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ކުޅެމުންދަނީ ކޮން ކުޅިވަރެއްކަމާއި، ރާއްޖޭގެ ރައްޔިތުން އެންމެ ގިނައިން ތަރުހީބު ދެނީ ކޮން ކުޅިވަރެއްކަންވެސް ދެނެގަންނަން ޖެހޭކަމަށެވެ. އަދި ރާއްޖެއަށް ކުރިއަށް ދެވިދާނެ ކުޅިވަރުތައް ދެނެގަނެ އެމަގުން ކުރިއަށް ދާން މިނިސްޓަރު މަހުލޫފަށް އެނގިވަޑައިގަންނަވަން ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: