ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދު ކުރުމާއި މެދު އެމްއާރުއެމްއިން އަދި ގޮތެއް ނުނިންމާ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ، އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ކޯލިޝަނެއް ހެދުމާއި މެދު ވަކި ގޮތެއް ނުނިންމާކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބެކޭ ވެސް އެއްގޮތަށް ކޯލިޝަނެއް ހަދައި އެކުގައި ވާދަ ކުރުމަށް ރައީސް ސޯލިހު ހުށަހެޅުއްވި ނަމަވެސް މިހާތަނަށް ކޯލިޝަން ޕާޓީތަކުން ސަރުކާރާއި އެކު ކުރިޔަށް ދިއުމަށް ނިންމީ އަދާލަތު ޕާޓީ އެކަންޏެވެ. އިންތިހާބުތަކުގައި ގިނަ އަދަދެއްގެ ވޯޓު ލިބޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމާފައި ވާތީ އެ ޕާޓީއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ސަރުކާރު ފެކްޝަނުގެ ތެރެއިން ވަނީ އަމާޒުވެފަ އެވެ.

ރައީސް ސޯލިހާއި އެކު މީދޫ ދާއިރާގެ މެމްބަރު ސިޔާމްގެ ޕާޓީ އެމްޑީއޭ ވެސް ވަނީ ކޯލިޝަން ހަދާފަ އެވެ. އަދާލަތާއި، އެމްޑީއޭ ފިޔަވައި އިތުރު ޕާޓީއެއްގެ މާބޮޑު ޝައުގުވެރިކަމެއް ކޯލިޝަން ހެދުމަތް ނެތްއިރު އެމްއާރުއެމަށް ވެސް ރައީސް ވަނީ ކޯލިޝަނުގެ ދައުވަތު ދެއްވާފަ އެވެ. ނަމަވެސް އެ ޕާޓީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ ރައީސް ފާރިސް މައުމޫނާއި ރައީސް ސޯލިހު މިއަދު ބައްދަލު ކުރެއްވި އެވެ. އެކަމާއި ގުޅޭ ތަފްސީލަށް އެދުމުން، އެމްއާރުއެމުން ބުނީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން ބައްދަލުވުމުގައި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އެމްއާރުއެމްއިން ބުނީ، ޕާޓީން އަދި އިތުރު މަޝްވަރާތަކެއް ރައީސާއި އެކު ކުރިޔަށް ގެންދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވަކިވަކިން ބައެއް ޕާޓީތަކުން ވާދަކުރާނެކަމަށް ބެލެވޭއިރު ފާރިސްގެ ބައެއް ސޯޝަލް މީޑިއާ ކެމްޕެއިންތައް ކުރިޔަށް ދާކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް، މިއީ ޕާޓީން އިސްނަގައިގެން ނުވަތަ ޕާޓީގެ ތެރެއިން ކުރިޔަށް ދާ ހަރަކާތެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: