ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްތަގްބަލްގައި ދެވަނައަށް އެންމެ ބޮޑު ޕާޓީއަށް ޖޭޕީ ވާނެ: އަލީ ސޯލިހު

ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ސަންގު ޓީވީގެ ޕްރޮގްރާމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

މުސްތަގްބަލްގައި ދެވަނައަށް އެންމެ ބޮޑު ޕާޓީއަށް ޖުމްހޫރީ ޕާޓީ ވާނެކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ ޖޭޕީއިން މިވަގުތު ކުރަމުންދަނީ ސައިލަންޓް މަސައްކަތްތަކެއް ކަމަށެވެ. އަދި ޕާޓީއިންކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީއަކީ ކަންކޮށް ނިންމާފައި އިއުލާން ކުރާ ޕާޓިއެއްގެ ގޮތުގައި އަލީ ސޯލިހު ސިފަކުރެއްވިއެވެ.

އަލީ ސޯލިހު ވިދާޅުވީ މިހާރުވެސް ޕާޓީގެ ސްޓްރެޓެޖިކް ޕްލޭނާއި އެއްގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ޕާޓީއިން ކުރަމުންދާ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޕާޓީގެ ދަފްތަރަށް މީހުންވެސް އިތުރުވަމުންދާ ކަމަށާއި މިވަގުތު ޕާޓީގެ މެމްބަރުންގެ އަދަދު 25،000އާއި ގާތްކުރާކަމަށް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީއަކީ ހަޅޭއްލަވައި އަޑުގަދަކޮށްގެން ކަންކަން ހާސިލްކުރާނެ ޕާޓީއެއް ނޫންކަމަށާއި މުސްތަގްބަލްގައި ދެވަނައަށް އެންމެ ބޮޑު ޕާޓީއަށް ޖުމްހޫރީ ޕާޓީ ވާނެކަމަށްވެސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރަކީ ހިކުމަތްތެރި ލީޑަރެއް” އަލީ ސޯލިހު

ޖުމްހޫރީ ޕާޓީއިން 2023ގެ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އަލީ ސޯލިހު ވިދާޅުވީ މިވަގުތަކީ މިއީ އިންތިހާބެއް އޮތް ދަނޑިވަޅެއް ނޫން ކަމަށެވެ. 2023 ގެ އިންތިހާބު އަދި ބޯމަތިނުވާ ކަމަށާއި ކޯލިޝަން ދަމަހައްޓަމުން ޕާޓީގެ ޕްރޮޑަކްޓް ވިއްކަން ނުކުންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު ރިޔާސީ އިންތިހާބެއް ނެތް ކަމަށާއި ރިޔާސީ އިންތިހާބަށް ކުރަންޖެހޭ ކެމްޕެއިންކުރަން ފަށަންވެއްޖެކަމަށް ގަބޫލުނުކުރާކަަމަށް ވިދާޅުވިއެވެ.

“ޕާޓީގެ ކަންކަމުގައި އުޅުމަށް ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ދަތިކަމެއް ނެތް” އަލީ ސޯލިހު

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއިމެދު ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން އަލީ ސޯލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ރިޔާސީ ނިޒާމްގެ ޕާޓީއެއްކަމަށެވެ. މިވެރިކަމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަކަން ފާހަގަކުރައްވާ އަލީ ސޯލިހު ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކައަކީ އަމިއްލަ ޚިޔާލުފުޅުކަމަށެވެ. އަދި ރައީސް ނަޝީދު ބަރުލަމާނީ ނިޒާމްގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫންކަމަށްވެސް ވިދާޅުވިއެެވެ.

އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފާޑު ވިދާޅުވެ އަލީ ސޯލިހު ވިދާޅުވީ އިދިކޮޮޅުން ކުރިއަށްގެންދަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނެއް ނޫން ކަމަށެވެ. އެއީ ރިޔާސީ އިންތިހާބަށް ޕާޓީގެ ފަރާތުން ވިއްކާނެ އެއްޗެއް ނެތުމުގެ ސަބަބުންކުރަމުންދާކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: