ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ނުކުންނާނީ ކޯލިޝަނެއްގައިތޯ، ނޫންތޯ އަވަހަށް ނިންމަންޖެހޭ: އާޒިމް

ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ނުކުންނާނީ ކޯލިޝަނެއްގައިތޯ ނުވަތަ ނޫންތޯ ވަރަށް އަވަހަށް ނިންމަންޖެހޭކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން އާންމުކުރަމުން އަންނަ ޚަބަރު ސިޓިގެ ހަތްވަނަ އަދަދުގައި މެމްބަރު އާޒިމް ލިޔުއްވާފައިވާ ލިޔުއްވުމުގައި ވިދާޅުވެފައިވަނީ ކޯލިޝަނެއްގައި ވެރިކަން ކުރަމުން އައި ކަމުގައިވިޔަސް، ހަގީގަތުގައި ވެރިކަން ކުރަމުން ދަނީ އެމްޑީޕީއިންކަން ރައްޔިތުން ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ ކެބިނެޓްގައި ތިއްބަވާ އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުންގެ މަސައްކަތްތައް ހުންނަ ގޮތުން ފާޑުކިޔުން އަމާޒުވަމުންދަނީ އެމްޑީޕީއަށްކަމަށް ވިދާޅުވެފައިވެއެވެ.

އާޒިމް ވިދާޅުވީ، ވަޒީރުންގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި އަދި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި އެމްޑީޕީ ނޫން ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެބޭފުޅުން ނިސްބަތްވާ ޕާޓީތައް ވަރުގަދަކޮށް ތަފާތު އިންތިޒާމްތައް ހަމަޖައްސައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކަމަށެވެ. އެގޮތުން އެބޭފުޅުންގެ ޕާޓީގެ ފިކުރުގެ މީހުންނަށް ވަޒީފާ ދިނުމާއި ޕްރޮޖެކްޓްތައް ހަވާލުކުުރުން ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި މިސާލެއްގެ ގޮތުގައި ސަރުކާރު ހިއްސާވާ އިންޖީނުގެތަކާއި، ފެނުގެ ޚިދުމަތްދޭ ކުންފުނިތައް މިސާލެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، މިކަމުގެ ނަތީޖާއެއްގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން ހެޔޮ ވެރިކަމެއް ގާއިމްކުރުމަށް ޖާނާއި މާލުން ގުރުބާންވި އެމްޑީޕީގެ މެމްބަރުން ބާކީވަމުންދާ ކަމަށެވެ. އަދި ޕާޓީދެކެ ފޫހިވަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚަބަށް އެމްޑީޕީއިން ނުކުންނާނީ ކޯލިޝަނެއްގައިތޯ ނުވަތަ އެމްޑީޕީ ވަކިންތޯ މިއި ވަރަށް އަވަހަށް ނިންމަން ޖެހިފައިވާ ނިންމުމެއް ކަމަށެވެ. ސަބަބަކީ ވާދަވެރި ޓީމުތަކުގެ ކުޅުންތެރިން ގޮވައިގެން މެޗު ކުޅެން އަރައިފިނަމަ، އެންމެ ޚައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލު ޖަހާފާނެތީ ކަމަށެވެ. އަދި އޭރުން މެޗުން ވާނީ ބަލި ކަމަށާއި ދަނޑުން ފައިބާނީ ރޮމުން ރޮމުން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އަންނަނީ ކޯލިޝަނުގައި ތިއްބެވި އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން، ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ އެހެން ޕާޓިތަކުގެ ވަޒީރުންނާއި ބޭފުޅުންކަމަށް ވިދާޅުވެ އެމްޑީޕީގެ ވަޒީރުންނާއި އެމްޑީޕީއަށް ނިސްބަތްވާ އެހެން ސިޔާސީ ބޭފުޅުން އަންނަނީ ވަރަށް ބޮޑަށް ދިފާއު ކުރައްވަމުންނެވެ.

ކޯލިޗަން ސަރުކާރެއްގައި ތިއްބަވައިގެން ކޯލިޝަން ވެރިކަމަށް ފާޑުކިޔަމުން އަންނައިރު، މިއީ އެމްޑީޕިއިން ކޯލިޝަނެއްގައި ވެރިކަމަށް އައި ފުރަތަމަ ފަހަރުނޫންކަަން ފާހަގަކޮށްލެވެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއިން ކާމިޔާބުކުރީ ކޯލިޝަން ވެރިކަމެއްގެ ތެރެއިންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު، މިޙާރު އޮތް ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށް ތަކުރާރުކޮށް އެމްޑީޕީ އާއި ކޯލިޝަންގެ އެހެން ޕާޓީތަކުގެ ބޭފުޅުން އައީ ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: