ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްއިން ރަމަޟާން މަހަށް ގިނަ ތައްޔާރީތަކެއްވެއްޖެ

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ ތެރޭގައި އެއް މަހަކަށް އެންމެ ގިނަ މުދާ ގެނެސްފައިވަނީ ރޯދަ މަހުގެ ތެރޭގައިކަމަށާއި މި އަހަރުގެ ތެރޭގައި މިދިޔަ އަހަރަށްވުރެ މުދާ ގިނަވާނެކަމަށް ލަފާ ކުރެވޭކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ތެރޭގައި އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއިމެދު މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، 2022 ވަނަ އަހަރަށްވުރެ މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި އެތެރެ ކުރާނެ މުދަލުގެ އަދަދުތައް އިތުރުވެގެންދާނެކަމަށް ލަފާކުރެއްވެއެވެ. އެހެންކަމުން އެކަމަށް ތައްޔާރީތަކެއް ވެފައިވާކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ކޮންޓެއިނަރު ހެންޑްލިންގް މަސައްކަތްތަކަށް އާ ހަތަރު އެކުއިޕްމެންޓެއް “ކޮމިޝަން” ކޮށްފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ، އެ ފިޔަވަޅު ނެންގެވީ ކުރިން ބޭނުންކުރަމުންދިޔަ ބައެއް ވަސީލަތްތައް ހަލާކުވެ މަސައްކަތްތައް ހުއްޓުމަށް ދިމާވާތީކަމަށެވެ. އެހެންކަމުން ކާގޯ އެއްތަނުން އަނެއް ތަނަށް  ގެންދިއުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކާބޯތަކެތި އެތެރެ ކުރުން މަގުފަހި ކުރުމުގެ ގޮތުން އެ ކުންފުނިންވަނީ އެފަދަ ތަކެތި ބެހެއްޓުމަށް ކަނޑައެޅިފައިވާ ވެއަރހައުސްގެ ޖާގަ އިތުރުކޮށްފައެވެ. އޭނާ ވިދާޅުވީ، ޖެނަރަލް ކާގޯ ބެހެއްޓުމަށް އެ ކުންފުނިން ވަނީ މާލެ އަދި ހުޅުމާލޭގައިވެސް ދެ “ޝެޑެއް” ބިނާކޮށްފައިވަކަމަށެވެ.

އޭނާ ވިދާޅުވީ، އެކަން ކުރެވިފައިވަނީ ބޯޓު އައިސް ކައިރިކުރުމަށްފަހު މުދާ ބާލާ އަވަހަށް ބޯޓު ބޭރުކޮށްލުމުގެ ގޮތުންކަމަށެވެ. އަދި ކުރީގައި ޝެޑުގެ ޖާގަ ހުންނަ ގޮތުން ހަލާކުވާ ޒާތުގެ މުދާތައް ބޭލުމަށްފަހު ހަލާކު ނުވާ ބާވަތުގެ ތަކެތި ބޯޓުގައި ބަހައްޓައި ބޯޓު ބޭރުކޮށްލަންޖެހޭކަމަށެވެ. އެހެންކަމުން މިހާރު އެކަން ކުރަން ނުޖެހުމުގެ ސަބަބުން ޕްރޮސެސް އަވަސްވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެ ކުންފުނިންވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މުއައްޒިފުންވެސް އިތުރުކޮށްފައިކަމަށެވެ. އަދި ވަކިން ހާއްސަ ގޮތެއްގައި މުދާ ބޭލުމަށްޓަކައި ބޯޓުގައި ހަރަކާތްތެރިވާ މުއައްޒިފުންނަށް އިސްކަމެއް ދެއްވިކަން އެނާ ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ ހަލާކުވެފައިވާ ބައެއް ވަސީލަތްތައްވެސް މިހާރުވަނީ މަރާމާތުކުރެވިފައިކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: