ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ: އިސްލާމިކް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ފިތުރު ޒަކާތް، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިތުރު ޒަކާތް އޮންލައިންކޮށް ދައްކަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އެ ހިދުމަތް ލިބޭނެގޮތް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ދިރާގުޕޭ އާއި އުރީދޫ އެމްފައިސާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޯބައިލް  އާއި ބޭންކް އޮފް މޯލްޑިވްސްގެ ޕޯޓަލް އާއި ފަހިޕޭ އެޕްލިކޭޝަން އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރިޕޭ ގެ އެހީގައި އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

އޮންލައިންކޮށް ފިތުރުޒަކާތް ބަލައިގަތުމުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ހޯލްގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ފިތުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ދޮށީ އުމުރުގެ ފަރާތްތަކާއި އޮންލައިން ކޮށް ފައިސާ ދެއްކުމަށް ބޭނުންނުވާ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ހޯލަށް ހާޒިރުވެ ފައިސާ ދެއްކޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށެވެ. އަދި މާލެ ނޫން އެހެން ރަށްތަކާއި ސިޓީތަކުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިތުތު ޒަކާތް ފައިސާ އިން ދައްކާ ނަމަ ދައްކަން ޖެހޭ އަދަދު:

އާދައިގެ ހަނޑޫ: 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ: 84 ރުފިޔާ

ރަތް ހަނޑޫ: 99 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ): 84 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ

އާދައިގެ ފުށް: 12 ރުފިޔާ

އާޓާ ފުއް: 75 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި އާއްމު ގޮތެއްގައި ދައްކާނީ އެބަޔަކު ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަމަޟާން މަހު ފިތުރު ޒަކާތް ދިނުމަކީ މުސްލިމުންގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: