ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯއިން ދޭ 3 ހިދުމަތެއްގެ އަގަށް ބަދަލުތަކެއް!

ވެމްކޯގެ ވެށިފާރަވެރިން ގޭބިސީތަކުން ނެރެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ދޭ ތިން ހިދުމަތަކަށް ބަދަލުތަކެއް ގެނައިސްފިއެވެ.

ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުނި އުކާލުމުގެ ހިދުމަތަށް ގެނެވުނު ބަދަލުތަކާއިއެކު، 350 ކިލޯގެ ޕިކަޕަކުން ނެގުމަށް ހަމަޖެހިފައިވަނީ 931 ރުފިޔާކަމުގައިވާއިރު، 1 ޓަނޭޖުގެ ޕިކަޕަކަށް ނެގުމަށް ހަމަޖެހިފައިވަނީ 2660 ރުފިޔާއެވެ. 1.5 ޓަނު ޕިކަޕަށް 3990 ނަގާއިރު، 2 ޓަނުގެ ޕިަކަޕަކަށް ނަގަނީ 5320 އެވެ.

ވިޔަފާރީގެ އުސޫލުން ކުނި ނަގާ އުކާލުމުގެ ހިދުމަތްދޭ ފަރާތްތަކަށް ކުނި އުކާލުމުގެ ހިދުމުގެ އަގަށް ގެނެވުނު ބަދަލުތަކާއިއެކު، 350 ކިލޯގެ ޕިކަޕަކަށް ނެގުމަށް ހަމަޖެހިފައިވަނީ 931 ރުފިޔާއެވެ. އަދި 1 ޓަނޭޖުގެ ޕިކަޕަކަށް ނެގުމަށް ހަމަޖެހިފައިވަނީ 2660 ކަމުގައިވާއިރު 1.5 ޓަނޭޖުގެ ޕިކަޕަކަށް ނަގަނީ 3990 ރފުިޔާއެވެ. 5320 ރފުިޔާ ނެގުމަށް ހަމަޖެހިފައިވަނީ 2 ޓަނޭޖުގެ ޕިކަޕުތަކުންނެވެ.

އަމިއްލަ ވިޔަފާރިތަކުން ކުނި އުކާލާ 350 ކިލޯގެ ޕިކަޕުން ނަގަނީ 371 ރުފިޔާކަމުގައިވާއިރު، 1 ޓަނޭޖުގެ ޕިކަޕުން ނަގަނީ 1060 ރުފިޔާއެވެ. 1.5 ޓަނޭޖުގެ ޕިކަޕަށް 1590 ރުފިޔާ ނަގާއިރު، 2 ޓަނޭޖު ޕިކަޕުން ނަގަނީ 2120 ރުފިޔާއެވެ. 4 ޓަނޭޖު ޕިކަޕަށް ނަގަނީ 4240 އެވެ.

ބަދަލުނުގެނެވޭ އަގުތަކުގެ ތެރޭގައި ހިމެނެނީ ގޭބިސީތަކުން ނަގާ ކަލެކްޝަން ފީއާއި، ވިޔަފާރިތަކުން ނަގާ ކަލެކްޝަން ފީގެ އިތުރުން ކޯލް އެންޑް ފިކަޕް ސާވީސްއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުއްލިއަކަށް ތިވަރުގެބޮޑުއަދަދެއްބޮޑުކޮށްލައިރު ކޮންޓްރެކްސަން ކުށްފުނިތަކަށް ހާދަބޮޑު ގެއްލުމެކޭތިވީ.ކުރީގައި ފަސްޕިކަޕްއުކާވަރަށް މިހާރު އެއްޕިކަޕް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: