ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރުވަނީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެގެން: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށާއި ޕްރައިވެޓު ސެކްޓާރ އަދި ރައްޔިތުންނަށްވެސް ލިބެމުންދާ އާމްދަނީގެ މިންވަރު އިތުރުވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުކޮށްގެންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީރުވަނީ ރާއްޖޭގެ އިގްތިސާދީ ހަރާކަތްތައް އިތުރުވެގެންދިއުމާއި ރައްޔިތުންނަށް ލިބިގެންދާ މަންފާތައް އިތުރުވެގެންދިއުމާއި ގުޅިފައިވާކަމަށް ގަބޫލުކުރައްވާކަން ހާމަކުރައްވާފައެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމުގެ ގޮތުން ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރު އެޅުމާއި އެއަރޕޯޓު ބިނާ ކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މަގު ހެދުން ފަދަ މަސައްކަތްތައް ކުރިއަށް ދާއިރު، ނަރުދަމާ ނިޒާމުގެ މަސައްކަތްތައްވެސް އިގްތިސާދު ފުޅާ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ރާއްޖެއަށް ރަނގަޅު އާމްދަނީ އެއް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑްގެ ސަބަބުން ލިބެމުންދިޔަ އާމްދަނީގެ އަދަދުތައް 60 އިންސައްތަ ދަށްވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، މިހާރު ބެލުމުން ރާއްޖޭގެ އާމްދަނީ އިތުރުވެގެންދާކަން ފާހަގަކުރެއްވޭނެކަމަށެވެ. އަދި އިގްތިސާދު ކުރިއަރައި ފުޅާވެގެންދާ މިންވަރުވެސް ސާފުވެވަޑައިގަންނަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: