ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ފައިނޭންސް ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ 300 މިލިއަން ޑޮލަރު ލިބޭނެ: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުގައި ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށް ހިމަނާފައިވާ އަދަދާއި ކޮންސެޝަނަލް ލޯނުގެ ގޮތުގައި ލިބިގެންދާނެކަމަށް ފާހަގަކޮށްފައިވާ 300 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށާއި އެ ފައިސާތައް ހޯދުމުގައި ކާމިޔާބުވެގެންދާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކާއި ބަޖެޓުން ހަރަދުތައް ކުރަމުންދާ ގޮތާއިމެދު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވަނީ މިނިސްޓަރު އަމީރާއި ސުވާލު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑް19 ގެ ބަލިމަޑުކަމުގެ ކުރިން އަންދާޒާ ކުރެއްވި ބޭރު ފައިނޭންސްގެ އަދަދުތައް ލިބިގެންދިޔަކަމަށެވެ.

އަމީރު ވިދާޅުވީ، އެހެންނަމަވެސް ކޮވިޑްއަށް ފަހު އެ އަދަދުތައް ލިބުމުގައި ދަތިތައް ދިމާވެގެންދިޔަކަމަށެވެ. އެހެންނަމަވެސް އެއީ ދުނިޔޭގެ މާލީ ހާލަތުގެ ސަބަބުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި އަރުގެ ބަޖެޓުގައި ބޭރުން ލިބިގެންދާނެކަމަށް ލަފާކޮށްފައިވާ އަދަދުތައް ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމުގައި ކާމިޔާބީ ހާސިލު ކުރެއްވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓު ބޭނުންކުރަމުންދާ ގޮތާއިމެދު ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުން ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދަނީ ފާސް ކުރެވިފައިވާ ބަޖެޓާއި އެއްގޮތް ވާގޮތުގެ މަތިންކަމަށެވެ. އަދި ބަޖެޓުން ބޭރުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަމަށާއި އެމަޖެންސީ ހާލަތެއްގައިވެސް ހަރަދުތައް ކުރަންޖެހޭނެ އުސޫލުތަކެއްވެސް ކަނޑައެޅިފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ނޫން ގޮތަކަށް ބަޖެޓުން ބޭރުން އެއްވެސް މަޝްރޫޢުއެއް ހިންގާފައިވާކަން އެނގިވަޑައިނުގަންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: