ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ޑިމޮކްރެސީގެ ވާހަކަދައްކަނީ ވެރިކަން ހޯދުމަށްކަން ސާފު: އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޑިމޮކްރެސީގެ ވާހަކަތައް ދެއްކެވީ ވެރިކަން ހާސިލު ކުރެއްވުމަށްކަން ސާފުވެވަޑައިގެންފައިވާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ގުޅުވައި ރައީސް ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި ތާއީދު ކުރައްވާ ފަރާތްތަކުގެ ދެމެދު ބައިބައިވުންތައް އުފެދިފައިވާއިރު، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ދަނީ ޖުމްހޫރީ ޕާޓީ އާއިއެކު ހަރަކާތްތެރިވަމުންނެވެ. ޝަރީފް ވަނީ ރައީސް ނަޝީދުގެ ފަރާތުން ނޭދެވޭ އަމަލުތައް ފެނިގެންދާކަމަށް ފާހަގަކުރައްވާ، ނުރުހުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ޕްރައިމަރީގައި ލިބިވަޑައިގެންފައިވާ ނާކާމިޔާބީ ގަބޫލުނުކުރެއްވުމުގެ އިތުރުން ރައީސް ނަޝީދު ދަނީ އިދިކޮޅުގެ ފަރާތްތަކާއި ގުޅިގެން އެމްޑީޕީ އާއި ދެކޮޅަށް މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ. އަދި އެ މަސައްކަތްތައް ކުރައްވަމުންދަނީ އެ ޕާޓީގެ މެމްބަރުންގެ ނިންމެވުމަށް ގޮންޖެއްސެވުމަށް ފަހު ކަމަށާއި، އެކަމުގެ ސަބަބުން ރައީސް ނަޝީދަކީ ޑިމޮކްރެސީގެ ހަމަތައް ގަބޫލު ކުރައްވާ ބޭފުޅެއް ނޫންކަން އެނގިގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު އަމަލު ކުރައްވަމުން ދާ ގޮތުން ދައްކަވަމުން އައިސްފައިވާ ޑިމޮކްރެސީގެ ވާހަކަތަކަކީ ވެރިކަން ހާސިލު ކުރެއްވުމަށް ބޭނުން ކުރެއްވި އުކުޅެއްކަން ސާފުވެވަޑައިގެންފައިވާކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތްކުރައްވަމުންދަނީ އެމަނިކުފާނުގެ ނަފްސަށް މޮޅެއް ހޯއްދެވުމުގެ މަގުސަދުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދަށް މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބިގެންދިއުން ނޫންކަމަށެވެ. އަދި އެމަނިކުފާނު ނޫން ބޭފުޅަކަށް ވެރިކަން ލިބިގެންދާ ނަމަ ޕާޓީ ފުނޑާލުމަށް އެމަނިކުފާނު ބޭނުންވެވަޑައިގަނަންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު އަމަލުކުރައްވަމުންދާ ގޮތާއިމެދު ޕާޓީ އަށް އިހުލާސްތެރި މެމްބަރުން ފުންކޮށް ވިސްނާ ވަޑައިގަންނަވަންޖެހޭކަމަށެވެ. ޝަރީފް ވިދާޅުވީ ރައީސް ނަޝީދާއިމެދު ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: