ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހު މާލެއިން ކުނި ނަގާނީ ރޭގަނޑު 8:30 ގެ ފަހުން!

ވެމްކޯ އިން ކުނި ވަކިކޮށްގެން އުކާލަނީ: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތައް ވެމްކޯ އިން އިއުލާންކޮށްފި އެވެ.

ވެމްކޯ އިން ބުނީ ރޯދަ މަހުގައި ވޭސްޓް ޓްރާންސްފަރ ސެންޓަރުތައް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެނިހެން ދުވަސްދުތަކުގައި ހެނދުނު 9 އިން ހަވީރު 5 އަށް އަދި ރޭގަނޑު 8 އިން މެންދަމު 1 ޖަހަންދެން ކަމަށެވެ.

ހުކުރު ދުވަސްތަކުގައި ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާނީ މެންދުރު 2 އިން ހަވީރު 5 އަށެވެ. އަދި ރޭގަނޑު 8 އިން ދަންވަރު 1 ޖަހަންދެން ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

މާލެއިން ކުނި ނަގާނެ ގަޑިތަކަކީ

ގޭގައި އުފައްދާ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށް

ގޭގައި އުފައްދާ ކުނި ނުވާ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 5:00 އަށް

ވިލިމާލެއިން ކުނި ނަގާ ގަޑިތަކަކީ

ގޭގައި އުފައްދާ ކުނި ނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް

ހުޅުމާލެ އިން ކުނި ނަގާ ގަޑިތަކަކީ

ގޭގައި އުފައްދާ ކުނި ނެގުމަށްހަމަޖެހިފައިވަނީ މެންދުރު 1:00 އިން ރޭގަނޑު 9:00 އަށް

ހިޔާ ފްލެޓްތަކުން ކުނި ނަގާގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. އަދި ރޭގަނޑު 9:00 އިން މެންދަމު 1:00 ޖަހަންދެން ހިޔާ ފްލެޓް ތަކުން ކުނި ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

ރަމަޟާން މަހު ވެމްކޯގެ ކޯޕަރޭޓް އޮފީހާއި ރީޖަނަލް އޮފީސްތައް ހުޅުވިފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: