ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަށް ދެމުންދާ އަނިޔާއިން ހާމަވަނީ ސަރުކާރުގެ ބަދަލު ހިފުމުގެ ރޫހު: އާދަމް ޝަރީފް

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ޕީއެންސީީގެ ނައބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ދެމުންދާ އަނިޔާއިން ހާމަވެގެންދަނީ މި ސަރުކާރުގެ ޖައްބާރުކަންކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. ރައީސް ޔާމީން މައްޗަށް ހުކުމް ކޮށްފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަ ކުރިކަމުގެ ކުށް ސާބިތުވެގެންނެވެ.

ޝަރުއީ ކޯޓުތަކުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުކޮށް ހުކުމް އިއްވި ނަމަވެސް، އިދިކޮޅުން ބުނަމުން ދަނީ އެއީ ބާތިލް ހުކުމެއްކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވާފައިވަނީ ކޯޓުތަކަށް އަތް ބާނާގެންކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

އެހެންކަމުން އިދިކޮޅުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ސިލްސިލާކޮށް މުޒާހަރާތަކެއް ކުރިއަށްގެންގޮސް، ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށައަޅާފައިވާއިރު، މިހާރު އިިދކޮޅުން ކުރަމުންދާ މަސައްކަތަކީ ރަމަޟާން މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މަސައްކަތެވެ.

މިއާއި ގުލިގެން އާދަމް ޝަރީފްކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ރަމަޟާން މަސް ފެށުނުއިރުވެސް ރައީސް ޔާމީން ނުހައްގުން ޖަލުގައި ހުންނަވަން ޖެހުނީތީ ހިތާމަކުރައްވާކަމަށެވެ.

ބަދަލު ހިދުމާއި ސިޔާސީ ބޭނުމުގައި ސަރުކާރުން ރައީސް ޔާމީން އަށް ދެމުންދާ އަނިޔާއިން ހާމަވަނީ ސަރުކާރުގެ ޖައްބާރުކަމާއި، ރަހުމު ކުޑަކަންކަމަށް ވިދާޅުވެފައިވެއެވެ. އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލައްވާނެކަމަށެވެ.

ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް އިދިކޮޅުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ ނަންފުޅު ރިޔާސި އިންތިހާބުގެ ކަރުދާހުގައި އޮންނާނެއެވެ. އަދި ރިޔާސީ އިންތިހާބަށް ވާއިރަށް ރައީސް ޔާމީން މިނިވަންކުރެވޭނެކަމުގެ ޔަގީންކަން އިދިކޮޅަށް އެބައޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: