ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މަސައްކަތް ކުރަނީ ގާނޫނުއަސާސީ ބާރުކަނޑުވާލުމަށް، އެއީ ހިޔާނާތްތެރިވުން: ޝަރީފް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުންދަނީ ދިވެހި ގާނޫނޫއަސާސީގެ ބާރު ކަނޑުވާލުމަށް ކަމަށާއި، އެއީ ގައުމަށް ހިޔާނާތްތެރިވުންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ގުޅުވައި އެމްޑީޕީގެ ތެރޭގައި ބޮޑެތި ބައިބައިވުންތައް އުފެެދި، އިންތިހާބު ކާމިޔާބު ކުރުމަށް އެ ޕާޓީއަށް އޮތް އެންމެ ބޮޑު އެއް ހުރަސް ގޮތުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފެނިގެންދާއިރު، ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފިކުރެއްގެ ދިރުން ފެކްޝަންގެ މެމްބަރުން ދަނީ ޖުމްހޫރީ ޕާޓީ އާއިއެކު މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ޝަަރީފް ވިދާޅުވީ، ގާނޫނުއަސާސީގެ 115 މާއްދާގެ ދަށުން އުފައްދާ ސަރުކާރުގެ ސިޔާސީ މަގާމުތަކަކީ ރައީސުލްޖުމުހޫރިއްޔާގެ އަތުގައި އޮންނަ ބާރެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދު ދަނީ އެކަމާއި ދެކޮޅަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި އެ ކުރައްވަމުންދާ މަސައްކަތްތަކަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ކުރައްވަމުންދާ މަސައްކަތްތަކެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަަޝީދު މަސައްކަތް ކުރައްވަމުންދަނީ ރާއްޖޭގެ ގާނޫނީ ވެރިކަން ގަޑުބަޑުކޮށްލުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނުއަސާސީ ބަލިކަށިކޮށްލުމަށް ރައީސް ނަޝީދު ކުރައްވަމުންދާ މަސައްކަތަކީ ހިޔާނާތްތެރިވުންކަމަށެވެ. ޝަރީފް ވިދާޅުވީ، އެކަން ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ފިކުރެއްގެ ދިރުމުން ކުރަމުންދަނީ ފިތުނަ އުފެެއްދުމުގެ މަސައްކަތްތަކަމަށެވެ. އަދި  އެކަން ކުރަނީ އެމްޑީޕީ ފުނޑާލުމަށްކަމަށާއި، މަގުސަދަކީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ސިޔާސީ ބާރު ހޯދުންކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުރައްވަމުންދާ މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުވަނީ ނުރައްކަލުގެ ތެރެއަށް ހުށައެޅިފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: