ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކުން އިސްތިއުފާ ދޭކަށް ނުޖެހޭ: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައި ތިބި ބޭފުޅުން މަގާމްތަކުން އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށާއި އަދި ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އަށް އެބޭފުޅުން މަގާމްތަކުން ވަކިނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް މަުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓް ކަމަށްވާ އަނެއްދިވެހިރާއްޖެ އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ސަރުކާރުގެ މަގާމްތަކަކީ ރައީސްގެ ޒާތުފުޅުން ދެއްވާ މަގާތްކެއް ނޫން ކަމަށެވެ. އަދި މަގާމްތަކުގައި ތިބީ އެމްޑީޕީން ހުށަހެޅި މީހުން ކަމަށްވެސް ރައީށް ނަޝީދު ވިދާޅުވިއެެވެ.

ރައީސް ނަޝީދު ސަރުކާރުގެ މަގާމްތަކުގައި ތިބި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވަކި ނުކުރެވޭނެ ކަމަށް ބުނި ނަމަވެސް ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމަކީ ގާނޫނު އަސާސީން ރައީސްއަށް ލިބިދީފައިވާ  ހައްގެކެވެ.

ރައީސް ސާލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކޮށް ރިޔާސީ ޓިކެޓް ހޯއްދެވި ހިސާބުން ރައީސް ނަޝީދު ވަނީ ރައީސް ސާލިހް އާއި ދެކޮޅަށް މަސައްކަތް ކުރަން ފަށާފައެވެ. އެގޮތުން ރައީސް ނަޝީދު  ވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުމުގެ މަސައްކަތް ކުރަން ފަށާފައެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހް އާއި އެކު ކުރާނެ ސިޔާސީ މަސައްކަތެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު މިވަގުތު ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި އެކު ސިޔާސީ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީ އާއި ރައީސް ނަޝީދު ގެ ފެކްޝަނުން ގެންދަނީ ގުޅިފައިވާ މެނިފެސްޓޯ އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ރައީސް ނަޝީދުގެ އެދުމުގެ މަތިން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ހުސެއިން އަމްރު ވަނީ ޖުމްހޫރީ ޕާޓީ އާއި އެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

ބައްދަލުވުމަށްފަހު ހަސަން ލަތީފް ވިދާޅުވީ އެކުގައި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެންދިޔަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: