ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ސައުދީން ހަދިޔާކުރި ކަދުރު އާދިއްތަ ދުވަހު ބަހަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނު ކަދުރު އަންނަ އާދިއްތަ ދުވަހު ބެހުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ އާއި މާލެ ކައިރި ރަށްރަށުގައި މިދިޔަ އަހަރު އެ މިނިސްޓްރީން އިއުލާން ކުރި ފަގީރުންގެ ދަފްތަރަށް ބަލައިގެން ކަމަށެވެ. އެގޮތުން ފަގީރުންގެ ކޮންމެ ގޭބިސީ އަކަށް އެއް ޕެކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވާ ކަމަށާއި ފަގީރުންނަށް ދިނުމަށްފަހު ބާކީ ހުރި ކަދުރު ގޭބިސީ ތަރުތީބުން ބެހުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ގޭބިސީ އަކަށް ޖެހެނީ 26 ކަދުރު ޕެކެޓެވެ. އަދި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގައެވެ.

ކަދުރާއި ހަވާލުވުމަށް އަންނަ އިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެނައުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: